English Edition
Dhivehi Edition

އިންޑިއާ އާއި ޕާކިސްތާނުގެ ސިފައިން މިލިޓަރީ ފަރިތަކުރުންތައް ފަށައިފިއެވެ.

ދެޤައުމުގެ ބޯޑަރު ސަރަހައްދު، ޖައްމު އާއި ކަޝްމީރް ސަރަހައްދު ބަލަހައްޓާ ސިފައިން މިވަނީ ފުރަތަމަ ފަހަރަށް ދެޤައުމުގެ ސިފައިން އެއްވެގެން މިލިޓަރީ ފަރިތަކުރުމެއް ބާއްވަން ނިންމާފައެވެ.

މިއީ ރަޝިޔާގައި ހުންނަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

“ޕީސް މިޝަން 2018” ގެ ނަމުގައި ހިންގާ މި ފަރިތަކުރުމުގައި އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ޗައިނާ،ރަޝިޔާ އަދި އެސް ސީ އޯގެ އިތުރު ޤައުމުތައް ބައިވެރިވެއެވެ. މި ފަރިތަކުރުންތަކުގައި ކައުންޓާ ޓެރެރިޒަމްއާ ގުޅޭގޮތުން ދަސްކޮށްދެވޭނެވެ. އަދި ހަނގުރާމައިގެ ދަނޑިވަޅުތަކުގައި ސިފައިން ގުޅިގެން މަސައްކަތް ކުރާނެ ގޮތް ދަސްކޮށް ދެވޭނެވެ.އަދި ކޮންޓްރޯލް ސްރަކްޗާވެސް ދަސްކޮށްދެވޭނެއެވެ.

ރަޝިއާއިން 1700 ސިފައިން މި ފަރިތަކުރުންތަކުގައި ބައިވެރިވާއިރު ޗައިނާއިން ބައިވެރިވަނީ 700 އެވެ. އަދި އިންޑިއާއިން 200 ސިފައިން ބައިވެރިވެއެވެ.

ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން އަކީ 2001 ވަނަ އަހަރު އުފެދުނު ޖަމާއަތެކެވެ. މިއީ ޗައިނާއިން އިސްނަގައިގެން އުފެއްދި ތަނެކެވެ. މިއީ އެކި ޤައުމުތަކުގެ އަސްކަރީޔާއިން ބައިވެރިވެގެން ހިންގާ ޖަމިއްޔާއެކެވެ.މި ޖަމިއްޔާ އުފެދުނުއިރު މީގައި ތިބީ ޗައިނާ،ރަޝިޔާ،ކަޒަކަސްތާން،ކިރްޤިސްތާން އަދި ތަޖިކިސްތާނެވެ.ނަމަވެސް މިހާރު އިންޑިޔާ، ޕާކިސްތާން އަދި އުޒްބަކިސްތާނުން ވަނީ ބައިވެރިވެފައެވެ.