English Edition
Dhivehi Edition

ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ އަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމުގެ ގާބިލުކަން ލިބިގެންވާ ގައުމެއް ކަމަށާއި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަމުގައެވެ

ސެޕްޓޭމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެފައިވާއިރު އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަަށް ނުޖެހޭނެ ކަމަށާއި އެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.