English Edition
Dhivehi Edition

ދިއްލީގައި މިދިޔަ ބުދަދުވަހު ނުވައަހަރުގެ ކުއްޖަކު ރޭޕްކޮށްފައި ފެންއާރެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިޖެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވާގޮތުން އެކުއްޖާ ޕަބްލިކް ފާހާނާއަކަށް ދިޔަމަގުމަމަތީގައި ގުރޫޕަކުން ވަގަށްނެގުމަށްފަހު ރޭޕްކުރަނިކޮށް ހޭނެތުމުން ފެންއާރެއްގެ ތެރެއަށް އެއްލާލާފައި އޮތްވާ ފެނުނީ އެސަރަހައްދުން ދިޔަ އަންހެނަކަށެވެ.

މިހަދިސާ ތަހުގީގު ކުރާ ފުލުހުން ބުނެފައިވަނީ އެކުއްޖާގެ ކޯޗިންގް ކްލާހަކަށް ގޮސްފައި ގެއަށް އައި މަގުމަތީގައި ފާހާނާ އަކަށްދާންޖެހިގެން ޕަބްލިކް ފާހާނައަކަށް ވަނީ އެކަނި ކަމަށެވެ. މިހާދިސާހިނގި ހިސަބުގައި ސީސީ ޓީވީ އެއްނުހުންނަކަމަށް ފުލުހުންބުނެއެވެ. ނަމަވެސް އެހިސާބުގައި އެވަގުތު ތިބި ބަޔަކާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެސަރަހައްދުގައި އާންމުކޮށް ރާބޮއެގެން ތިބޭ ގްރޫޕްއެއްގެ ބަޔަކަށް ޝައްކު ކުރޭވޭކަމަށާއި މިހާރު ދެމީހަކަށް ތުހުމަތު ކުރެވި ފުލުހުނެގެ ބެލުމުގެ ދަށަށް އެދެމީހުން ގެނެވިފައި ވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެކުއްޖާ ފެނުނުއިރު މޫނަށާ އި ދެ އަތަށްވެސް އަނިޔާތަކެއް ލިބިފައި ވާކަމަށާއި ރޭޕްކުރުމުން ހަށިގަނޑުން ގިނައަދަދެއްގެ ލެފޭބުމުން އެކުއްޖާ ހޭނެތިފައި ވާކަމަށެވެ. އަދި މިހާރު އެކުއްޖާ އަށް އައިސީޔޫގައި ފަރުވާ ދެމުންގެންދާއިިރު ހަށިގަނޑުގައި އިންފެކްޝަނެއް އުފެދިފައިވާކަމަށް ފުލުހުން ބުނެއެވެ.

ނުވައަހަރުގެ ކުއްޖާގެ މަންމަ ބުނެފައިވަނީ ދަރިފުޅު ރޭޕްކުރިމީހުން ދަނެގަންނަން އުނދަގޫކަމަށެވެ. އަދި އެމީހުންތިބީ މޫނޫ ނިވާކޮށްގެން ކަމުން ފުލުހުންގެ ތަހުގީގަށް ރޭޕްކުރި މީހުންގެ ސިފަ ކިޔައިދޭން ދަރިފުޅަށް އުނދަގޫވާކަމަށެވެ.

ދިއްލީގައި ބުދަދުވަހު ނުވައަހަރުގެ މިކުއްޖާ ރޭޕްކޮށްފައި ވާއިރު އިންޑިއާގެ އެހެން އަވަށެއް ކަމަށްވާ ތޭންގައި ވަނީ ބުރާސްފަތިދުވަހު 14 އަހަރުގެ ކުއްޖަކު ރޭޕްކޮށް ފެންޓައްޕެއްގެ ތެރެއަށް ގަންބާ މަރާލާފައެވެ.