English Edition
Dhivehi Edition

ކްރިޝް ސީރީސްގެ 4 ވަނަ ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމުގެ ސިގްނަލްތަކެއް ލިބިއްޖެއެވެ.

ބޮލީވުޑްގެ ސުޕަހީރޯ ފިލްމުތަކުގެ ތެރެއިން ކްރިޝް އަކީ ފާހަނގަ ކޮށްލެވޭ ފިލްމެކެވެ.ކޮއިމިލްގަޔާގެ ނަމުން ފުރަތަމަ ނެރުނު މި ފިލްމު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިއުމާއިއެކު މީގެ އިތުރު ފިލްމުތަކެއް އުފައްދާ ބޮލީވުޑްގެ ގަދަ ފިލްމުތަކާއި ފައި ހަމަކޮށް މިހާރު މީގެ އެހެން ފިލްމެއް އުފައްދަން އުޅޭކަމުގެ ސިގްނަލްތަކެއް ވަނީ ލިބިފައެވެ.

މިގޮތުން ފިލްމުގެ މެއިލް ރޯލުން ފެނިގެންދާ ތަރި ރިތިކް ރޯޝަން ވަނީ ކްރިޝްގެ 4 ވަނަ ފިލްމު ނެރުމާއި ބެހޭގޮތުން ފިލްމުގެ ޑައިރެކްޓަރ އަދި ރިތިކްގެ ބައްޕަ ރަކޭޝް ރޯޝަންއާ ވާހަކަ ދައްކާފައެވެ.ކްރިޝްގައި ދެން ފެނިގެންދާ އަނެއް ތަރިއަކީ ޕްރިޔަންކާ ޗޯޕްޅާއެވެ.ސަލްމާންގެ ބާރަތް ފިލްމު ނުކުޅެ ޕްރިޔަންކާ މި ފިލްމަށް ގޮސްދާނެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ.