English Edition
Dhivehi Edition

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު މިއަދު ފަތިސް ނަމާދަށް ފަހު ބަދަލުކޮށްފިއެވެ

ގެފުޅުގެ އުރަކޮޅުގެ އުސްމިނުގައި 14 މީޓަރު އަދި ވަށަ މިނުގައި 47 މީޓަރު ހުންނައިރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ފަށަނީ ހައްޖުގެ އެންމެ މާތް އަޅުކަން އަދާކުރުމަށް ހައްޖުވެރިން އަރަފާތަށް ދަތުރުފެށުމުންނެވެ. ގެފުޅުގެ ކިސްވާ ނުވަތަ އުރަކޮޅު ބަދަލުކުރަނީ އެކަމަށް ކަނޑައަޅާފައިވަ ޚާއްސަ ޓެކްނިކަލް ޓީމަކުން ކަމަށްވާއިރު ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް ޚާއްސަ ފެކްޓްރީއެއް މިހާރު ސައުދީގައިވަނީ ގާއިމްުރެވިފައެވެ

އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 700 ކިލޯގެ ފަށުވި ބޭނުންކޮށްފައިވާއިރު އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައި ވަނީ ރަނާއި ރިހީގެ އަސްލާކުންނެވެ

ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ ހައްޖު ދުވަހެއްގެ ފަތިސް ނަމާދަށް ފަހުގައެވެ