މިދުވަސްކޮޅު ރާޢްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވެ އީދު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ
މެޓް އޮފީހާއި ޙަވާލާދީ ނޫސްތަކުން ބުނީ، މުޅި ރާއްޖެ އަށް މިހާރު ކުރަމުންމިދާ ވިއްސާރަ މިހާރު އަލިވަމުން އަންނަ ކަމަށެވެ. އަދި އަޟްޙާ ޢީދު ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ
ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށްބަލާ އިރު މޫސުން ގޯސް ވާނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. އަދި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމށް ވެސް މެޓް އޮފީހުން މައުލުމާތު ދޭކަމުގައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަަމަށާއި ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގައި ގަދަވާނެ ކަމަށެވެ. އަދި ދެނުކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ ކަމަށެވެ..
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
.