English Edition
Dhivehi Edition

ސެމްސަންގ ކުންފުނިން އެންމެ ފަހުން ނެރުނު އެ ބްރޭންޑްގެ ގެލެކްސީ ނޯޓް 9 އަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ ފޯނަށް ޕްރިއޯޑަރ ކުރުމުގެ އިތުރުން ފޯނު ވިއްކާ އަގުތަކާއި، އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އަދި އެހެނިހެން މައުލޫމާތުތައް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ފެންނާނެކަމަށެވެ.

ނޯޓް 9ގެ ފޯންތައް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރި އޯޑަރު ކުރާ ތަރުތީބުންނެވެ.

ސެމްސަންގ އިން ނެރުނު ނޯޓް 9 އެއްގެ ފޯނާއެކު އާ ކުލަތަކެއް ވަނީ ނެރެފައެވެ. ނޯޓް 9ގެ ޑިސްޕްލޭގައި 6.4 އިންޗި ހުންނައިރު، ނޯޓް 9 ގައި އިންނަނީ “4000 އެމްއޭއެޗް” ބެޓެރީއެކެވެ. މީގެ އިތުރުން މިފަހަރުގެ މިފޯނުގެ އެންމެ ބޮޑު ތަފާތަކީ ފޯނުގެ އިންޓާނަލް މެމަރީގެ ޖާގަ ބޮޑުކަމެވެ. އެއީ 512 ޖީބީ އެވެ. ވާދަވެރި އައިފޯނުގެ ވެސް އެންމެ ބޮޑޫ ކެޕޭސިޓީއަކީ 256 ޖީބީއެވެ.

ދިރާގުން އަބަދުވެސް ބާޒާރަށް ނިކުންނަ ކޮލެޓީ ފަހުގެ ފޯނުތައް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާ ދެއެވެ. އެގޮތުން އޮންލައިންކޮށް ޕްރީ-އޯޑަރުކުރުމާއި ފަހުގެ ފޯންތައް އިންސްޓޯލްމަންޓަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ އިތުރުން ދިރާގު އޮޕަރޭޝަން ސެންޓަރުތަކުން ފޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާ ދެއެވެ.

ޓެގު