English Edition
Dhivehi Edition

ހޮލީވުޑްގެ މައްޝޫރު ފިލްމީ ދެ ތަރިންކަމަށް އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ވަރީގެ މައްސަލަ ނުނިމި 2 އަހަރުވެއްޖެއެވެ. 2016 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ އަދިވެސް ނިމިފައިނުވާއިރު ދާދި ފަހުން ޙަބަރުތައް ލިބިފައިވާގޮތުން އެންޖެލީނާ ޖޯލީ ވަނީ މިމައްސަލަ މިއަހަރު ނިމުމުގެ ކުރިން ނިންމައިދިނުމަށް ކޯޓުގައި އެދިފައެވެ.

މި ގޮތުން އެންޖެލީނާ ޖޯލީގެ ވަކީލު ވަނީ ލޮސް އެންޖެލަސްގެ މަތީ ކޯޓަށް މިކަމާ ބެހޭގޮތުން ސިޓީއެއް ފޮނުވާފައެވެ.ސިޓީގައި ބުނެފައިވަނީ މި އަހަރު ނިމުމުގެ ކުރިން އެ ދެމަފިރިންގެ ވަރީގެ ހުރިހާ ކަމެއް ނިންމަން ކޯޓުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެ ދެމަފިރިން ވަކިވާން ނިންމިފަހުން އެ ދެމަފިރިންގެ ކުދިންނަށް ބްރެޑް އަޅާނުލާ ކަމަށާއި އަދި ޙަރަދު ނުދޭ ކަމަށްވެސް ވަނީ އެ ސީޓީގައި ބުނެފަ އެވެ.

އެންޖެލީނާ ބޭނުންވަނީ ޙަރަދުގެ 50 ޕަސެންޓުވިޔަސް ބްރެޑް ޕިޓްގެ އަތުން ހޯދުމަށެވެ. މިދެތަރީން ކައިވެނި ކުރީ އެކުގައި ދިރިއުޅޭތާ ދިހަ އަހަރުފަހުންނެވެ .އަދި ކައިވެންޔަށް 2 އަހަރު ނުވަނީސް ވަރިއާހަމައަށް ދިޔައެވެ.މިދެމީހުންގެ 3 ކުދިން ތިބިއިރު އެޑަޕްޓް ކޮށްގެން ގެންގުޅޭ 3 ކުދިންވެސް ތިބެއެވެ.