English Edition
Dhivehi Edition

ހޮލީވުޑް އެކްޓަރ ބްރެޑްޕިޓް އާއި އަންޖެލީނާ ޖޮލީގެ ކައިވެނި ރޫޅުނު ފަހުން އޭނާ އާއި އެކްޓާ އާލިއާ ޝައުކަތް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކަތައް ވަރަށް އަޑުހަރުކޮށް ދެކެވިގެންދިޔައެވެ، ހަމަ އެއާ އެކު އެމްއައިޓީ ޕްރޮފެސަރ ނެރީ އޯކްސްމަން އާއި ބްރެޑްޕިޓް ގުޅިގެން އުޅޭ ވާހަކަތަކެއްވެސް ދެކެވުނެވެ. އެހެންނަމަވެސް އޭރު އެ ވާހަކަަތައް ހުއްޓިގެން ދިޔައީ ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބްރެޑްޕިޓް އެ ވާހަކަތައް ދޮގުކޮށް އެ ފަދަ ދޮގުވާހަކަތައް ނުފެތުރުމަށް ގޮވާލުމާއި ގުޅިގެންނެވެ،

ދުވަސްތަކެއް ވަންދެން މި ވާހަކަތައް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް މީޑިއާގެ ސަމާލުކަން މިވަނީ ބްރެޑްޕިޓް އަށް ހުއްޓިފައެވެ، ހަފްތާ ބަންދުގައި ބްރެޑްޕިޓް ދިޔަ ޝޯއަކަށް އާލިއާ ޝައުކަތް ގޮވައިގެންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު މިވަނީ އަނެއްކާވެސް އާލިއާ އާއި ބްރެޑްޕިޓްގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަދައްކަން ފަށާފައެވެ.

އާލިއާ އާއި ބްރެޑްޕިޓް ގެ ގުޅުމާއި ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަދެކެވެމުންދާއިރު ގިނަ ބަޔަކުވަނީ އެ ދެމީހުންނަކީ ވަރަށް ގާތްއެކުވެރިންކަމުގައި ބުނެފައެވެ. އަދި މި ދެމީހުންގެ ގާތް ފަރާތްތަކުންވަނީ މި ދެތަރިންގެ މެދުގައި އެއްވެސް ގުޅުމެއް ނެތްކަމަށާއި ބްރެޑްޕިޓްގެ ހުރިހާކަމެއް ގުޅިފައިވަނީ އޭނާގެ ދަރިންނާއި ކަމުގައި ބުނެފައެވެ. ބްރެޑްޕިޓްގެ ގާތް ފަރާތަކުން ބުނެފައިވަނީ މިޙާރުވެސް އޭނާއަށް ލިބޭ ހުސްވަގުތު ހޭދަކުރަމުންދަނީ ދަރިންނާއެކު ގައި ކަމަށާއި ދަރިންނަށްޓަަކައި އެވޯޑް ހަފްލާތަކާއި މުހިއްމު އެތައް ކެމެއް ބްރެޑްޕިޓް ގުރުބާންކޮށްފައިވާކަމަށެވެ.

ބްރެޑްޕިޓް ކުރިން ކައިވެނި ކޮށްފައިވަނީ ޖެނިފާ އެނިސްޓަން އާއި އެވެ. 2000 ވަނަ އަހަރު ކުރި މި ކައިވެނި 2005 ވަނަ އަހަރު ރޫޅިފައިވާއިރު އޭނާ އެންޖެލީނާ ޖޮލީ އާއި ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2014 ވަނަ އަހަރު އެވެ. އެދެމަފިރިންގެ ކައިވެނި 2016 ވަނަ އަހަރު ރޫޅިފައިވާއިރު މި ދެމީހުންގެ ހަ ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި އެޑަޕްޓްކޮށްފައިވާ ކުދިން ވެސް ހިމެނޭއިރު ދެ މީހުން ވަކިވި ފަހުން ދަރިން ތިބެނީ އެންޖެލީނާގެ ކައިރީގައެވެ.

 

2 ކޮމެންޓް
Aslu tha
މާޗް 11, 2020
Hama ekuverin
Ehen dhou
މާޗް 11, 2020
Hama friends dho