English Edition
Dhivehi Edition

ބަނޑުބޮޑު އަންހެނަކު ވިހަން އޮތް ދުވަސް ނޭގިގެން ޑޮކްޓަރަށް ދައްކަން ދިއުމުން ޑޮކްޓަރު ލަފާދެއްވީ ބާތްކޮންޓްރޯލް ޕިލްސް ކާށެވެ.

އިންޑިއާގެ ޓެމިލްނާޑުގައި ދިރިއުޅޭ އާރައި 52 އަކީ އަނަންޑަން 56 ގެ އަންހެނުންނެވެ. މިދެމީހުންގެ 9 ކުދިން ތިބި އިރު މީގެތެރެއިން ހަތަރު ކުދިން މީހުންނާ އިނދެގެން ވަނީ އެމީހުންގެ ފިރިންނާއެކު ގޮސްފައެވެ. ފަސް ކުދިންނާ އާރައި އާއި އަނަންޑަން އުޅެނީ 60 އަކަފޫޓުގެ ކުޑަކުޑަ ގެއެއްގައި ވެތިޔަންގުޑި ނަމަކަށް ކިޔާ އަވަށެއްގައެވެ.

މިތާގައި ދިރިއުޅޭތާ 5 ވަރަކަށް އަހަރު ވެފައިވާއިރު މި އާއިލާއަކީ އަބަދުވެސް އެކި ތަންތަނަށް ދިރިއުޅުން ބަދަލުކުރަމުންދާ ބައެކެވެ.އާރައިގެ އުމުރުން އެހާ 52 އަހަރުވެފައިވުމުން އާރައި ބަނޑުބޮޑު ވާނޭކަމަކަށް އެދެމަފިރިން އުއްމީދެއް ނުކުރައެވެ. ކުޑަކުދިންތަކަކާ އެއްކޮށް އުޅެން ޖެހުމުން އަމިއްލަ ސިއްޙަތަށްވެސް އެހާ ސަމާލުކަމެއް ނުދެވެއެވެ.މީގެ ސަބަބުން އާރައި ވަރަށް ގިނައިން ބަލިވެ ޑޮކްޓަރަށް ދައްކަންވެސް ޖެހެއެވެ.

އަވަށްޓެރިންގެ ފަރާތުން އެނގިފައިވާގޮތުން އާރައިގެ 9 ކުދިންވެސް ވިއްސާފައިވަނީ ގެއަށެވެ.އަދި ދިހަވަނަ ކުއްޖާވެސް ވިހަންބޭނުންވަނީ ގެއަށް ކަމުން ހޮސްޕިޓަލްގައި އެޑްމިޓް ވެގެން އޮންނަންވެސް އާރައި ދެކޮޅު ހަދައެވެ.މީގެ ކުރިންވެސް ވަރަށް ގިނަ ފަހަރު ބަލިވެގެން ހޮސްޕިޓަލްގައި އާރައި އެޑްމިޓްކޮށްފައިވާއިރު ދެތިންދުވަސް ނުވަނީސް އެތަނުންވެސް އާރައި ވަނީ ފިލާފައެވެ.

އޭގެ ހަތަރުމަސް ފަހުން އާރައި ވިހަން އޮތް ދުވަސް ނޭގިގެން ޑޮކްޓަރަށް ދައްކަން ދިއުމުން ޑޮކްޓަރު ލަފާދެއްވީ ބާތްކޮންޓްރޯލް ޕިލްސް ބޭނުންކުރުމަށެވެ. ސަބަބަކީ އާރައިގެ މިހާރުވެސް ކުޑަ ފަސް ކުދިން ތިބުމާއެކު ގިނަ ކުދިންތަށް ހޯދާފަ ރަށގަޅު ތަރުބީޔަތެއް ނުދެވިދާނެކަމަށްޓަކައެވެ.އަދި މީގެ ސަބަބުން ކުށްތަކަށް އަރައިގެން އަދަބުތައްދެވި މި ކުދީންތަށް ބޮޑެތި ކުށްވެރީންނަށް ބަދަލުވެދާނެތީއެވެ.

ޓެގު