English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން މިއަދާއި ހަމައަށް އައި އިރުވެސް މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން ބަދަލެއް ނުކުރެވުނު ކަމަށް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ

ފުވައްމުލައް ސިޓީގެ ރައްޔަތުންނާއި ބައްދަލުކުރައްވާ ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ޣައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށާއި މި ސަރުކާރު ބަދުނާމްކުރުމަށް އިދިކޮޅު ފަރާތްތަކުން ތަފާތު ގިނަ ރޭވުންތަކެއް ރޭވިކަމަށެވެ. އެހެން ނަމަވެސް މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން މިވެރިކަން މިއަދާ ހަމައަށް އައި އިރުވެސް ބަދަލެއް ނުކުރެވުނުކަމަށް ޝަހީމް ވިދާޅުވިއެވެ

މީގެ އިތުރުން ޝަހީމް ވިދާޅުވީ ޤާނޫނީ ހަމަތަކުގެ މަތިން ރައީސް އަބްދުﷲ ޔާމީންގެ މި ވެރިކަން ދަމަހައްޓަވާ ނަގަހައްޓަވަމުން ވަޑައިގަންނަވަމުން ދާކަމަށާއި 5 އަހަރުގެ ދައުރު ފުރިހަމަވެ، އަނެއް 5 އަހަރަށް ރައީސް ޔާމީން ކުރިމަތި ލައްވާފައިވާކަމަށެވެ