English Edition
Dhivehi Edition

ލޯކަލްކައުންސިލް އިންތީކާބުގެ ވޯޓުލުން މިހާތަނަށް އައިއިރު އައްޑޫ ސިޓީގެ ވޯޓުލުން ކުރިއަށްދަނީ ވަރަށް އޮމާންކަމާއެކުގައި ކަމަށް ފުލުހުން ބުނެފިއެވެ. ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން މިހާތަނަށް އައްޑޫ ސިޓީގެ އެއްވެސް ވޯޓުފޮށްޓެއްގެ ކައިރީގައި ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ. އެހެންނަމަވެސް ކޮންމެވެސްވަރެއްގެ ޝަކުވާތައް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ސިޓީގައި ޖުމްލަ 35 ވޯޓުފޮށި ބަހައްޓައިފައިވެއެވެ. އަދި 19 ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދާ ކުރެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި ޖުމްލަ 4422 ވޯޓުފޮށި ބަހައްޓާފައިވެއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލައަކީ އަދަދަކީ 255،987 އެވެ. މި އިންތިޚާބު މި ބާއްވަނީ ތިންވަނަ ފަހަރަށް ފަސް ކުރުމަށްފަހުގައެވެ. މި އިންތިޚާބުގައި ޕީޕީއެމްއިން 516 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެމްޑީޕީން ވާދަކުރައްވަނީ 467 ކެންޑިޑޭޓުންނެވެ. ޖޭޕީން ވާދަކުރައްވަނީ 93 ކެންޑީޑޭޓުންނެވެ. އެމްޑީއޭއިން 48 ކެންޑިޑޭޓުންނެވެ. ޑީއާރުޕީން ވާދަ ކުރައްވަނީ އެންމެ ކެންޑިޑޭޓެކެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި 356 ބޭފުޅުން ވާދަ ކުރައްވައެވެ.