ދިރާގުން މުވައްޒަފުންނަށް ބާއްވާ އެންމެ ހާއްސަ އެއް ހަފުލާ ކަމަށްވާ ދިރާގު އެނުއަލް އެވޯޑް 2017 މިދިޔަ ހުކުރު ދުވަހުގެ ރޭ ކްލަބްފަރު ގައި ބާއްވައިފިއެވެ. މިއީ ދިރާގުން މި ހަފުލާ ވިދިވިދިގެން ބޭއްވި 29 ވަނަ އަހަރެވެ. މި އެވޯޑް ހަފްލާގެ މައިގަނޑު މަޣްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބުދިނުމެވެ.
މިއަހަރު ކުންފުނީގެ އެންމެ ޝަރަފްވެރި އިނާމު ކަމަށް ވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ކުންފުނީގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަނެވެ.
މީގެ އިތުރުން މި ހަފްލާގައި އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 31 މުވައްޒަފަކަށް ދީފައިވެއެވެ.
މިއަހަރުގެ ހަފުލާފައި ފާހަގަ ކޮށްލެވުނު އެންމެ ހާއްސަ އެއްކަމަކީ މިއަހަރުގެ އެވޯޑްގެ ޓްރޮފީ ޑިޒައިނެއެވެ. ދިރާގުން ވަނީ މިއަހަރު ބޭއްވި އެވޯޑް ހަފުލާގައި މުވައްޒަފުންނަށް ދިން އެވޯޑްތައް އައު ބްރޭންޑިންގ އާއި އެއްގޮތަށް ފަރުމާކޮށްފައިއެވެ.
ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުންނެވެ. މިގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ.600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.
2018 ވަނަ އަހަރަކީ ދިރާގަށް ފަހުރުވެރި 30 އަހަރު ފުރޭ އަހަރަށް ވާއިރު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.