އިންޑިއާގެ ސްކޫލެއްގެ ހެޑްމާސްޓަރަކު އެސްކޫލުގައި ކިޔަވަމުންދިޔަ އުމުރުން ސާދަ އަހަރުގެ އަންހެންކުއްޖަކު، ރޭޕްކުރުމުން އެކުއްޖާ އަމިއްލައަށް މަރުވެއްޖެއެވެ.
އިންޑިއާގެ ފުލުހުން މީޑިއާ އަށް މައުލޫމާތު ދީފައި ވާގޮތުުގައިސްކޫލްގެ ކޮމްޕިއުޓަރ ކްލާސްތެރޭގައި މިދިޔަބުރާސްފަތިދުވަހު އެކުއްޖާމަރުވެފައި އޮތްވާފެނުނު އިރު އޮތީލޭކޯރެއްގެ ތެރޭގައެވެ. ފުލުހުން ބުނީ ލަފާކުރެވޭގޮތުގައި އެކުއްޖާ މަރުވެފައިވަނީ އަތުގައި ވަޅިއެޅުމުން ގިނައަދަދަކަށް ލޭފޭބުމުގެ ސަބަބުންނެއެވެ.
އިންޑިއާގެ ފުލުހުންބުނީ އެކުއްޖާގެ މަރުގެ ސަބަބު ހޯދުމަށް ކުރިތަހުގީގުގައި އެކުއްޖާ ލިޔެފައިވާ ނޯޓެއްވަނީ ފެނިފައެވެ. އެނޯޓްގައި ލިޔެފައި ވާގޮތުގައި ސިކްޕައްލީ ނަމަކަށް ކިޔާ ހެޑްމާސްޓަރު ވަނީ އެކުއްޖާ ރޭޕްކޮށްފައެވެ. އަދި އެކުއްޖާ ލިޔެފައި ވާގޮތުގައި އެސްކޫލްގެ އެހެން ކުޑަކުދީންތައްވެސް އެހެޑްމާސްޓަރ ވަނީ ތަކުރާރުކޮށް ރޭޕްކޮށްފައެވެ.
މަރުވިކުއްޖާގެ އާއިލާއިން ހެޑްމާސްޓަރ އަށް އެކުއްޖާ ރެޕްކޮށް މަރާލިކަމުގެ ދައުވާ އުފުލާފައި ވާއިރު އިތުރު ދަރިވަރުންތައް ރޭޕްކުރި ކަމުގެ ދައުވާވެސް ހެޑްމާސްޓަރ އަށް މިހާރު ވަނީ އުފުލާފައެވެ.
އިންޑިއާއަކީ މީހުންމެރުމާއި ރޭޕުކުރުމުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. އިންޑިއާގެ ރައްޔިތުން މިހާރު ބުނަމުންދަނީ އެމީހުންގެ އަމިއްލަ ގައުމުގައި ދިރިއުޅުމަކީ ބޮޑުނުރައްކަލަކަށްވެ ފައިވާކަމަށެވެ. އިންޑިއާގެ އަންހެނުންނަށާއި ކުޑަކުދީންނަށް އެގައުމުގެ އެއްވެސް ތަނެއްގައި އުޅުމަކީ މިހާރު ރައްކާތެރި ކަމަކަށްވެފައި ނުވާއިރު މަދުން ނަމަވެސް ފިރިހެނުން ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ރިޕޯރޓް ތަކުން ދައްކައެވެ.
އިންޑިއާ ފާހަގަވެފައިވަނީ މިހާރުމުޅި ދުނިޔެއިންވެސް އަންހެނުންނަށް އެންމެ ނުރަށްކާ ގައުމުގެ ގޮތުގައެވެ.