ޝަރުޢީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތައް ޕްރޮމޯޓުކޮށް ޤާނޫނާއި ޚިލާފު ހަރަކާތްތައް ނުހިންގުމަށް ފުލުހުން ގެ މުއައްސަސާއިންގައިފިއެވެ.
ސިޔާސީ ޕާޓިތަކުންނާއި ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ޝަރުޢީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި ޤައިދީން ޕްރޮމޯޓުކުރުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދަ ގޮތައް ޤައިދީން ޕްރޮމޯޓްކޮށް ޤާނޫނާއި ޤަވާއިދާއި ޚިލާފުހަރަކާތްތައް ހިންގަމުންދާކަމުގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބިފައިވާކަމަށެވެ.
އަދި އެފަދަ ޝަރުޢީ ހުކުމެއް ތަންފީޒުކުރާ މީހެއްގެ ފޮޓޯއާއި މަޢުލޫމާތު ބޭނުންކޮށްގެން އެ ފަރާތްތައް ކުރިއަށްނެރެ ޝަހުސު އޮޅޭގޮތަށް ހިންގަމުންދާ ހަރަކާތްތަކާއި އަމަލުތަކަކީ ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލުތައް ކަމަށާއި އެ ފަދަ ޢަމަލުތައް ހިންގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެފަދަ ހަރަކާތްތަކާއި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުއަޅާނެކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ވަނީ ބުނެފައެވެ.