English Edition
Dhivehi Edition

ހައި ކޯޓުގެ ދެކުނު ގޮފީގެ ޝަރީއަތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފި އެވެ

އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ޝަރީއަތްތައް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން ފަނޑިޔާރުންގެ ވަފުދެއް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގެން އަލުން މަސައްކަތްތަށް ފެށުމަށްވަނީ ނިންމާފައެވެ. އެ ވަފުދުގައި ހިމެނެނީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި ހާމައެއް ކޮށްފައިވާ ނުވާއިރު މި ވަފުދުން އާދިއްތަ ދުވަހުން ފެށިގެން ހަފުތާ ނިމެންދެން ހައި ކޯޓުގައި މަސައްކަތްކުރައްވާނެކަމަށް ހައިކޯޓުންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ހައިކޯޓުން ބުނެފައިވަނީ ދެކުނު ގޮފީގައި މިހާރު ރަޖިސްޓްރީކޮށްފައި ހުރި މައްސަތައް އެ ވަފުދުން ބަލާނެ ކަމަށާއި އަދި ހުއްޓިފައި ހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެކަމަށެވެ

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީ ފަނޑިޔާރުން ތިބުމުގެ ބަދަލުގައި ފަނޑިޔާރުންގެ ޝަރުއީ ވަފުދުތަކުން ދަތުރުކޮށްގެން މައްސަލަ ނިންމާ ގޮތަށް ހަމަޖައްސައިފި އެވެ.މިއީ ސުޕްރީމް ކޯޓުން މި ގޮތަށް ހަމަޖެއްސި ފަހުން ފޮނުވާ ފުރަތަމަ ވަފުދެވެ.