English Edition
Dhivehi Edition

ފޯން ޗާޖަށް ޖަހައިގެން އިންދާ އައި ފޯންކޯލަކަށް ޖަވާބުދޭން ފޯން ނެގިތަނާ ކަރަންޓުގައި ޖެހި އިންޑިއާގެ ރައްޔިތަކު މަރުވެއްޖެއެވެ.

އުމުރުން31 އަހަރުގެ ޗަންގު މަސްޓަން ރެޑީ ނަމަކަށް ކިޔާ މި މީހާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިން އެހިސާބުގައި ދިރިއުޅޭ ބަޔަކަށެވެ. ކަރަންޓު ވައިރު އަނދާ ވަސް ދުވައިގެން އެމީހުން ޗަންގު ދިރިއުޅޭ ގެއަށް ވަންއިރު އޭނާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އަދި އޭނާގެ ވައަތުގައި ފޯނެެއްވެސް އޮތްކަމަށް އެމީހުން ބުނެފައިވެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯރޓް ކޮށްފައި ވާ ގޮތުގައި ޗަންގު ވެއްޓިފައި ވާތަން ފެނުމާއެކު ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ޗަންގު ބެލި ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ޗަންގް ދިރިއުޅޭ ސަރަހައްދުގެ މީހުން ބުނެފައި ވާގޮތުގައި އޭނާ ދިރި އުޅެނީ އެކަންޏެވެ. އަދި އޭނާގެ މައިންބަފައިން ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައިއެވެ