English Edition
Dhivehi Edition

20 ރަށެއްގައި ނަރުދަމާގެ މަޝްރޫއު ހިންގުމަށް ފެނަކައިން ލަންކާގެ ކުންފުންޏަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ 20 ރަށެއްގައި ނަރުދަމާގެ އަމަލީ މަސައްކަތް ކުރުމަށް ފެނަކައިން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ހޭކަބް ކުންފުންޏާއެވެ.

ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އެއްބަސްވެފައިވާ 20 ރަށް

ހދ. މާރަންދޫ

ހދ. ވައިކަރަދޫ

ހއ. ވަށަފަރު
•ށ. ފޯކައިދޫ
•ނ. މާފަރު
•ނ. ޅޮހި
•ރ. ކިނޮޅަސް
•ބ. ކަމަދޫ
•ބ. މާޅޮސް
•ބ. ގޮއިދޫ
•ހދ. ފިނޭ
•ޅ. އޮޅުވެލިފުށި
•އއ. ފެރިދޫ
•އދ. ދިގުރަށް
•ކ. ގުޅި
•ވ. ކެޔޮދޫ
•ގއ. ދެއްވަދޫ
•ގދ. ހޯނޑެއްދޫ

މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ނަރުދަމާ އެޅުމަށް ނިންމާފައިވާ 20 ރަށް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ނަރުދަމާއިން އުއްމީދީ ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދެއްވުމަށް އެކި ސަރަހައްދުތަކުގައި ރައީސް ޔާމީން އަންނަނީ ބޮޑެތި މަޝްރޫއުތައް ހިންގަވަމުން ކަމަށެވެ. އެގޮތުން 22 ރަށެއްގައި ނަރުދަމާ ގާއިމުކޮށްފައިވާ ކަމަށާއި މިއަދު ސޮއި ކުރެވުނު ރަށްތަކާއެކު 83 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރެވެމުންދާނެކަމަށެވެ. އަދި އެމަސައްކަތަށް 2.1 ބިލިއަން ދިވެހި ރުފިޔާ ސަރުކާރުން ހަރަދުކުރެވިގެންދާނެ ކަމަށަވެސް ތާރިގު ވިދާޅުވިއެވެ .
.