މިއަދު ހުޅުމާލޭގައި އެންސިސް ކުންފުނީގެ ދެ މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ ފޭރިގެންފިއެވެ.
މަހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެންސިސް ކުންފުނީގެ މި ފައިސާތައް ފޭރިގެންފައި ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހަދާފައިވާ މޯލް ތެރޭގައި ހުރި އިސްލާމިކް ބޭންކުގެ އޮފީހުން ފައިސާ ނަގައިގެން ނުކުންނަނިކޮށެވެ
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
ފޭރުމުގެ މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.