އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ކައުންސިލުގެ މި ބައްދަލުވުން އޮންނާނީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެރޭ 08:30 ގައި މަރަދޫ ބޮނޑޮގޭ ހޯލްގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަހަރުގެ ތެރޭގައި ބާއްވާ ދެވަނަ ބައްދަލުވުމެވެ.
މިބައްދަލުވުމުގައި މިއަހަރު ތެރޭގައި މިހާތަނަށް ހިނގިފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވާރާ ހޯދުން އޮންނާނެއެވެ. މިއަހަރުގެ ފެބްރުވަރީ މަހުވެސް ކައުންސިލުންވަނީ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯދާފައެވެ