ސައިންސްވެރިންގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އިންސާނުން އެކަކު އަނެކަކާ ގާތް ވުމުގެ (އެޓްރެކްޓް ވުމުގެ) އެއް ސިއްރެއްކަމަށް ވަނީ މީރުވަހެވެ. ގައިގައި މީރު ވަހެއް ދުވުމުންނާ ދިރި އުޅޭ މާހައުލުން މީރު ވަސް ދުވުމަކީ އިންސާނުންނަށް ހިތްހަމަ ޖެހުމާއި އުފާ ލިބިދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސައިންސްވެރިންގެ ހޯދުންތަކުން އެނގިފައި ވާގޮތުގައި ބީހުން، ލޮލުގެ ފެނުން، އަދި އަޑަށް ވުރެވެސް ވަސްދުވުމުގެ ހިއްސު ދިހަ ހާސް ގުނަ އިތުރެވެ. އެހެން ކަމުން ނިދާ މާހައުލުން އަރާމާއި ހިތް ހަމަޖެހުން ބޭނުންވާނަމަ ފަހުގެ ހޯދުން ތަކުން ހޯދާފައި ވާ ފަސް ސެންޓްބޭނުން ކޮށްލުން ރަނގަޅެވެ.
– ޗޮކްލެޓް
ދުނިޔޭގެ އަދަދު ނުކުރެވޭހާ ގިނަމީހުން ޗޮކްލެޓަށް ލޯބި ޖެހިފައި ވާ ސަބަބު މިހާރު އޮޅިފައެއް ނޯންނާނެއެވެ. ޗޮކްލެޓަކީ ކާލަން މީރު އެއްޗަކަށް ވާފަދައިން ޗޮކްލެޓްގެ ވަހަކީ ވެސް ރަހަޔާއެއްވަރަށް ހިތްތަކާ ކުޅެލާވަހެކެވެ،
– ރޯސް (ފިނިފެންމާ)
ފިނިފެންމަލަކީ ދުނީޔޭގެ އެންމެ މަގްބޫލް އެންމެރީތި މާކަމާއި މެދު ދެބަސްވާނެ އެކަކުވެސް ހުންނާނެހެނެ ހިޔެއްނުވެއެވެ. އެހެންކަމުން ފިނިފެންމަލުން އެދުވާ ވަހަކީ ތި އެންމެ ބޭފުޅުންގެ ކޮޓަރީގައި ބެހެއްޓުމުން ހިތްހަމަޖެހުމާއު އުފާލިއްބައިދޭނެ ވަހެކެވެ. ބާޒާރުގައި ހުންނަ ރޯސް އެރޯމާ ކޭންޑްލް ނޫނީ ސްޕްރޭ އެއް ކޮޓަރީގައި ބޭނުން ކޮށްލުން ރަނގަޅެވެ.
– މިންޓް
މިންޓަކީ ހުރިހާގޮތަކުންވެސް އަހަރެމެން ނަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނުވައިދޭ އެއްޗެކެވެ. މިންޓް ނުވަތަ ޕެޕަރ މިންޓް ސްޕްރޭ ކޮޓަރި ތެރޭގައި ބޭނުން ކޮށް ލުމުގެ އިތުރުން ގައިގަ އުނގުޅާ ކްރީމް އެއް ހިޔާރު ކުރާއިރު މިންޓް ފްލެވަރ އެއް ބޭނުން ކޮށްލުމުން ހިތަށް ބުނަން ނޭނގޭހާ އަރާމް ގެނުވައިދޭނެއެވެ.
– ސިޓްރަސް
ލުނބޯ، އޮރެންޖް، ލައިމް މިއިން ކޮންމެ އެއްޗެއް ބޭނުން ކޮށްލުމުން ވަގުތުން މީހާ އަށް ހިތްހަމަ ޖެހުން ގެނުވައިދޭނެއެވެ. އަދި މޫޑް ބަދަލު ކޮށްލާނެއެވެ. އެހެހްން ކަމުން ސިޓްރަސް ފްލޭވަރތަކާއި ވަހަށް ލޯބި ކުރައްވާ ބޭފުޅުން މިއިން ކޮންމެ ވައްތަރެއްވެސް ބޭނުން ކޮށްލުން ރަނގަޅެވެ.
– ވެނީލާ
ވެނީލާ ގެ ރަހަ އަކީ ޑެޒަޓް ތައްޔާރު ކުރުމަށް ދުނިޔޭގެ އެންމެ ގިނައިން ބޭނުން ކުރާއެއް ރަހައެވެ. ވެނީލާގައި ހިމެނޭ ހެލިއޮޓްރޮޕިން ކިޔާ މާއްދާ އަކުން އެކަކު އަނެކަކަށް އެޓްރެކްޓް ވުމަށް މަގުފައި ކޮށްދެއެވެ. އެހެން ކަމުން ގައިގައި މީރުވަސް ދުއްވުމަށް އަދި މާހައުލު ތާޒާ ކޮށްލުމަށް ވެނީލާ ފްލެވަރ ސްޕްރޭ އަދި ކްރީމް ހިޔާރު ކުރާށެވެ. ތަޖުރިބާ ކަރުން ބުނެފައި ވާގޮތގައި މަސާޖް ކުރުމުގައި ވެނީލާ ފްލެވަރ ތެޔޮބޭނުން ކުރުމަކީ ވެސް ދެ ޖިންސްގެ އަހުލުވެރިން ހިތްއުފާކޮށްދޭ އެއް އުކުޅެވެ.