English Edition
Dhivehi Edition
މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ދަރިވަރުންގެ ތެރެއިން ހިމެނުނު، ޝިއުމާ އަލީ

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު (ސ. އަތޮޅުމަދަރުސާ ސްކޫލް މީޑިއާ)

އޯލެވެލް ގަދަ ދިހައެއްގައި ހިމެނުމަކީ ލިބުނު ބޮޑު ފަޚުރެއް ކަމަށް، ސ.އަތޮޅު މަދަރުސާގެ ކުރީގެ ޑެޕިއުޓީ ކެޕްޓަން ޝިއުމާ ޢަލީ ސިފަކޮށްފިއެވެ.

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ދަރިވަރުންގެ ތެރެއިން ހިމެނުނު، އައްޑޫ ސިޓީ މީދޫއަށް އުފަން ޝިއުމާ “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެމުން ބުނީ ޤައުމީ ގަދަ 10ގައި ހިމެނުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ހުވަފެނުގައި މިހާރުވަނީ ކުލަޖެހިފައި ކަމަށެވެ.

” އަޅުގަނޑު ވަރަށް ފަޚުރުވެރިވި ގަދަ 10ގައި ހިމެނުނީމަ. ކުޑައިރުއްސުރެ އަޅުގަނޑު ދެކެމުން އައި ހުވަފެނެއް އެއީ. އަޅުގަނޑަށް ހީވިކަހަލަ ކިޔަވައިދިން ޓީޗަރުންނާއި އާޢިލާގެ މީހުންނަށް ދެވުނު އުފަލެއް ކަމަށް. ” އުފަލާއެކު ޝިއުމާ ބުންޏެވެ. “މިހާ ހިސާބަށް ދަތުރުކުރެވުނީ ޓީޗަރުންގެ ބުރަ މަސައްކަތުން. އެންމެ ބޮޑު ޝުކުރެއް ޙައްޤުވަނީ ކިޔަވައިދިން މުދައްރިސުންނަށް. އެމީހުން އަބަދުވެސް ބުނަމުން އައި އަޅުގަނޑަށް މިކަންވާނެއޭ. އަބަދުވެސް ހިތްވަރުދިން. އަދި ހަމައެހެންމެ އަޅުގަނޑުގެ ގާތް އެކުވެރިންވެސް އަޅުގަނޑަށް ވަރަށް ބޮޑަށް އެހީތެރިވެ ހިތްވަރުދިން” އޭއޯ ނިއުސް” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝިއުމާ ބުންޏެވެ.

މިދިޔަ އަހަރު އޭލެވެލް މާރކިން ކްރައިޓީރިއާ ބަދަލުކުރުމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް ވަނީ އަސަރުކޮށްފައެވެ. އެގޮތުން ކްރައިޓީރިއާގައި ވަކިވަރަކަށް މާކްސް ގިނަކޮށްފައި ގަދަ ދިހައެއްގައި ހިމެނޭނެ ކެޓެގަރީވެސް ވަނީ ބޮޑުކޮށްފައެވެ. ޝިއުމާ ސިފަކުރި ގޮތުގައި އޭނައަށްވެސް އެންމެ ފުރަތަމަ ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުން މިއަދު ކާމިޔާބު ވިކަމަށެވެ. ” އޭލެވެލް ކްރައިޓީރިއާ ބަދަލުވުމުން އަހަރެން ހީކުރީ ދެން ކާމިޔާބެއް ނުވާނެ ކަމަށް. ނަމަވެސް ކުރާ ބުރަ މަސައްކަތުން ކޮންމެ ކަމެއްވެސް ކާމިޔާބު ވާކަމީ ދުވަހަކުވެސް ޝައްކެއް ކުރެވޭނެ ކަމެއް ނޫންވިއްޔާ. ” ޝިއުމާ ބުންޏެވެ.

” އަޅުގަނޑު ކުރިއަށް އޮތް ޖީލުތަކަށް ދޭނެ ނަޞޭޙަތަކީ ގިވް އަޕް ނުކޮށް މަސައްކަތްކުރާށޭ. އަދި ކިޔެވުމަށް ދެވޭނެ އެންމެ ގިނަ ވަޤުތުދޭށޭ. ބުރަ އުނދަގޫތަކާ ކުރިމަތިވިޔަކަސް އުންމީދުތައް ފުނޑުފުނޑުކޮށްނުލާށޭ. ” ކުރިއަށް އޮތް ޖީލަށް ދޭނެ ނަޞޭޙަތަކީ ކޮބައިތޯ ސުވާލުކުރުމުން ޝިއުމާ ބުންޏެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި 375 ދަރިވަރަކު ހިމެނިފައިވާއިރު 8 މާއްދާއިން އޭ ސްޓާރ ހޯދައިގެން 1 ވަނަ 6 ދަރިވަރަކު ހޯދިއިރު، 35 ދަރިވަރުންވަނީ ދުނިޔޭގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.

އާ ކަރިކިއުލަމާއެކު ކޯރ ސަބްޖެކްޓްސްތަކާއި އެހެނިހެން އިލެކްޓިވް ސަބްޖެކްޓްސްތައް ބަދަލުވާނެ ކަމަށްވަނީ ބެލެވިފައެވެ.