“ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 – އަ ގެދަރިންގ ފޯރ ކޮފީ ލަވަރސް” މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަ ވަނަ ދުވަހު ރަސްރަނި ބަގީޗާގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
“ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018” އަކީ މިހާތަނަށް ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބައްވާ މިކަހަލަ އެއްމެ ބޮޑު ކޮފީ އިވެންޓެވެ. މި އިވެންޓަކީ ދިރާގާއި ކޮފީ ލެބް ރޯސްޓަރސް އިން އިންތިޒާމު ކޮށްގެން ބާއްވާ އިވެންޓެކެވެ.
މި އިވެންޓްގައި ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަރ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިންގ) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކުވެސް ތަފާތު ޤައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވާ އިރު މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މި އަހަރު ބާއްވާ މުބާރާތުގައި ތަފާތު 50 ޤައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ.
“ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018” މިމުބާރާތުން އެއްވަނައަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.
7 ސެޕްޓެމްބަރު ގައި މި އިވެންޓް ބޭއްވުމުގެ ކުރިން އޭރޯޕްރެސް އިން ކޮފީހެދުމުގެ ޕަބްލިކް ވޯކްޝޮޕް ތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ހައިސިއްޔަތުން، ދިވެހި ވިޔަފާރި ތަކަށް ދިރާގުން ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށް ދެއެވެ. އަދި ދިވެހި ހުނަރުވެހިން ބާރުވެރިކުރުމަށް ވެސް އެ ކުންފުނިން ގިނަ ގުނަ މަސައްކަތްތަކެއް ކުރެ އެވެ. އަދި މިއާއެކު ދިވެހި ހުނަރުވެހިން ބާރުވެރިކުރުމާއި މިފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ތަމްސީލު ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް ދިރާގުން ވަރަށް އިސްކަން ދޭކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.