English Edition
Dhivehi Edition

ޔޫއޭއީގެ ސިޓީއެއްކަމަށްވާ އަބޫދާބީ ކައިރީގައި އޮންނަ “ޒާޔާ ނޫރައި އައިލެންޑް” ރިސޯޓެއް ގެ ދިވެހި މުއައްޒަފުންނާއި ބޭރު މުއައްޒަފުން ގުޅިގެން މިނިވަން ދުވަސް ފާހަގަ ކުރުމަށް އެކުވެރިކަމުގެ މެޗެއް ކުޅެފިއެވެ.

މޯލްޑިވްސް އާ ޒާޔާ ބައްދަލު ކުރި އެކުވެރިކަމުގެ މެޗު ކާމިޔާބް ކޮށްފައިވަނީ 4 ލަނޑު 2 ލަނޑުން މޯލްޑިވްސް އެވެ.

ޖުލައި 26 ވަނަދުވަހުގެ ރޭ ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗްގައި ރާއްޖޭގެ ހަ ކުޅުންތެރިންބައިވެރިވެފައިވާ އިރު 2 ކުޅުންތެރިން ނިސްބަތްވަނީ އައްޑު އަތޮޅަށެވެ. ޒާޔާ ނޫރައި އައިލެންޑްގެ ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރާތާ 3 އަހަރު ވެފައިވާ އައްޑޫ ސިޓީ މީދޫ ބްރައިޓް، އަހްމަދު އަޔާޒް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ ދިވެހި ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ރިސޯރްޓްގެ މެނޭޖް މެންޓް އަށް ފްރެންޑްލީ ފުޓްސަލް މެޗެއް ކުޅުމަށް ހުއްދަޔަށް އެދުމުން ހުއްދަ ލިބުމާއެކު މެޗް ހަމަޖެހުނުކަމަށެވެ.

އަޔާޒް އިތުރަށް ބުނެފައިވަނީ ރާއްޖެއާއި އެހާ ދުރުގައިވާ ގައުމެއްގަ ތިބެގެންވެސް ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ޒާޔާއިން އެކި ހަރަކާތްތަށް ހިންގާފައިވާކަމަށެވެ. އަޔާޒް ވަނީ މިކަމުގައި ރިސޯރޓްގެ މެނޭޖްމެންޓުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ޒާޔާ ނޫރައި އައިލެންޑް ރިސޯރޓް

ޒާޔާ ނޫރައި އައިލެންޑް ރިސޯރޓަކީ ޔޫއޭއީގެ އެންމެ އަގުބޮޑު އެއް ރިސޯރޓެކެވެ. މި ރިސޯރޓަކީ ރާއްޖޭގެ ރިސޯރޓް ތަކުގެ އަސްލާ އެއްގޮތަށް ބަލައިގެން ހިންގަމުން އަންނަ ރިސޯރޓެކެވެ. އަބޫދާބީއިން 10 މިނިޓް ލޯންޗްގައި ދުއްވާލައިގެން ދެވޭ މި ރިސޯރޓްގައި ރާއްޖޭގެ 15 ސްޓާފުން މަސައްކަތް ކުރެއެެވެ.