އިންޑިއާގެ އަވަށެއް ކަމަށްވާ ޗައިންޕުރް ސަރްކާރުގައި ދިރިއުޅޭ 19 އަހަރުގެ އަންހެން ކުއްޖެއް ދިރިހުއްޓާ ބޮލަށް ކަރާސީން ތެޔޮ އަޅާ އަންދާލައިފިއެވެ.
ލަކްސްމީ ބާއި ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ގައިގައި އަލިފާން ރޯކޮށްލައިގެން މަރާލާފައިވަނީ އޭނާގެ ބައްޕައެވެ. މި މައްސަލައާއި ގުޅިގެން ލަކްސްމީގެ ބައްޕަ ބުނެފައިވަނީ އޭނާގެ ނުރުހުމުގައި ލަކްސްމީ އެހެން އަވަށެއްގެ ފިރިހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމަށެވެ. އަދި އެ ފިރިހެން ކުއްޖާއާއި ކައިވެނި ކުރަން އުޅުމުން އެތައް ފަހަރެއްގެ މަތިންވެސް އެކަމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ
އެގުޅުން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ލަކްސްމީގެ ބައްޕަ އެތައް ފަހަރަކު ބުނުމުންވެސް އެ ދެމީހުންގެ ގުޅުން ނިމުމަކަށް ނުގެނައުމުން ރުޅިއައިސްގެން ލަކްސްމީ މަރާލީކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މަރާލުމުގެ ކުރިން ލަކްސްމީ އުޅެމުން ގެންދިއައީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ގޭގައެވެ. ލަކްސްމީ މަރާލީ އޭނާގެ އަމިއްލަ ގެއަށް ގޮސް ހުއްޓައެވެ. ރިޕޯތުތައް ބުނާ ގޮތުގައި ލަކްސްމީ ގެއަށް ދިޔައީ ކައިވެނި ކުރަން ބޭނުންވާ ލިޔެކިއުންތައް ނަގާށެވެ.