ވަޒީފާތައް ނުލިބިގެން ގޭގައި ދެއަށް އުރާލައިގެން ތިބޭމީހުން މަދެއްނޫނެވެ. އެކިމީހުން އާމްދަނީ ހޯދުމަށްޓަކައި އެކިއެކި މަސައްކަތް ކުރަމުންދެއެވެ. ރާއްޖޭގެ ރަށްތަކާ އަޅާ ބަލާއިރު އައްޑޫ އަކީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު އެއް އަތޮޅަށް ވާއިރު އައްޑޫގައި ތިބޭ ހުނަރުވެރި ދަރީންގެ ވާހަކަ ނުދައްކާ ތިބުމަށް އެއްވެސް ބަޔަކުނޭދޭނެއެވެ. މިއީ އެފަދަ ހިތްވަރުގަދަ ކެރޭ ހީވާގި ކުޅަދާނަ ކަނބަލެއްގެ ވާހަކައެވެ. އުމުރުން21 އަހަރުގެ އައިޝަތު ޝޫރާ (ޝޫ) އަކީ ހުނަރުވެރި ކަމުގެ ނަމޫނާއެކެވެ. ދެ ކުދިންނާ ފިރިމީހާގެ ކަންތައްތައް ބަލަހައްޓަމުން ހުސްވަގުތުގައި ސީޝެލްސް ބޭނުން ކޮށްގެން ތަފާތު އެކިއެކި ޑިޒައިން ތަކުގެ އެއްޗެހި ހަދަމުންގެންދާ އިރު ޝޫ ބުނީ މިއީ ވަރަށް ޝައުޤު ހުރެގެން ކުރާކަމެއްކަމަށެވެ. ަސްލު މިކަންތައް ދަސްވީ ފިރިމީހާގެ ފަރާތުން. އޭނަ ވަރަށް އުފެއްދުންތެރި ވާނެ. ދެން ޝެލްސްގެ މަސައްކަތް ކުރާތަން ފެނިގެން ދަސްކުރީ މިހުރިހާކަމެއްގެ ފަހަތުގައި ވެސް އެންމެ ގާތުން އެހީތެރިވެދެނީ ހަޒްބެންޑް. އެއީ ޝޫ ގެ އިންސްޕިރޭޝަން އަކީ ޝޫ ބުންޏެވެ. ޝޫ ބުނިގޮތުގައި ވަޒީފާއަށް ތަނަކަށް ނުދެވުނަސް އަބަދުވެސް ދެކެމުން އަންނަ ހުވަފެނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމެވެ. އަބަދުވެސް ވަރަށް ކްރިއޭޓިވް އެއްޗެހި ހަދާ ހިތްވޭ، އެގޮތުން ފެށުނުކަމެއްމީ. ފެނޭ ބައެއް ކުދީން ކްރައުންސް އެއްޗެހި ހަދާތަން. އެކަމް ޝޫ ބޭނުމެއް ނުވޭ އެއްވެސް ކުއްޖަކު ކޮޕީ ކުރާކަށް. އެހެންވެ ތަފާތު އެއްޗެހި ހަދަނީ ޝޫ ބުންޏެވެ. މިކަން ކޮށްގެން ހަމަ ވަރަށް ރަނގަޅު އާމްދަނީ އެއްލިބޭ،މިހާރު އިންނާނެ ފްރެންޑްސް އިން ބުނެގެން ފޭސްބުކް ޕޭޖް އެއްވެސް ހަދާފަ (ޝޫސް ސީޝެލްސް ވޯކްސް) މި ޕޭޖް އިން ފެންނާނެ ހަދާފަ ހުންނަ މޮޑެލްސްތައް އަދި އެކި އެކި މުނާސަބަތުތަކާއި ގުޅުވައިގެން ޕްރީ އޯޑާރ ވެސް ނަގަން ޝޫ ބުންޏެވެ. ޝޫ ބުނިގޮތުގައި އެންމެ ބޮޑަށް ދެކޭ ހުވަފެނަކީ ރިސޯޓްތަކަށް އަމާޒުކޮށްގެން މާރކެޓިން ރިސޯޓް ތަކުގައި ޖެއްސުން ކަމަށެވެ. މިހާރުވެސް ޝަންގްރިއްލާ އަށް ސާމްޕަލެއް ވާނީ ފޮނުވާފައެވެ. އެހެން ރިސޯޓް ތަކަށް ވެސް ސާމްޕަލް ފޮނުވަން ވަނީ ނިންމާފައެވެ. މިކަމުގެ އެންމެ ބޮޑު ގޮންޖެހުމަކީ މީހުން ދޭ ތީމް އާ ގުޅުވައިގެން ބޮލި ހޯދުން. ބޮލި ލިބެނީ ވަރަށް އުދަގުލުން ކަމަށް ޝޫ ބުންޏެވެ. އަގާ ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ޝޫ ކިޔާ އަގަކައް މީހުން ގަންނަ ކަމަށް ވެސް ޝޫ މައުލޫމާތު ދެއެވެ. އަގު ކިޔަނީ ވަގުތާ މަސައްކަތަށް ބަލާފައެވެ. ޝޫ ވިސްނަނީ އެހެން މީހުންނަށް ވެސް މިކަންތައް ދަސްކޮށްދޭށެވެ. އެގޮތުން މީހުން އެދޭވަރަކުން ކޯހެއްގެ ގޮތުގައި ވެސް ބާއްވަން ވިސްނާ ކަމުގައި ޝޫ ބުންޏެވެ. މިކަމަކީ އެކަކަށް ވެސް ނުވާވަރުގެ ކަމެއްނޫން ކަމާއި ބޭނުން ވަނީ ކުޑަ ހިތްވަރެއް ކަމަށް ޝޫ ބުންނެވެ. ޝައްކެއްވެސް ނެތެވެ. ކޮންމެ ކަމެއްވެސް ކާމިޔާބް ވާނީ ހިތްވަރާ އެކީގައެވެ.