English Edition
Dhivehi Edition

މާބަނޑު ދުވަސްވަރު އަތުގަ ރިއްސާ އަތްތިލަ އައްސިވެ، އިނގިލިތަކަށް ބާރުވެ، ދިލަނަގާގޮތްވެ، އިހްސާސް ނުވާހެން ހީވެދާނެއެވެ. އާންމުކޮށް މިހެން ދިމާވާނީ ތާރޑް ޓްރިމެސްޓަރ ގައެވެ. މިހެން ވުމަށް ކިޔަނީ “ކާޕަލް ޓަނެލް ސިންޑްރޯމް” އެވެ.

މާބަނޑުދުވަސްވަރުގެ ތިންވަނަ ޓްރެމެސްޓަރ ގައި މިހެން ދިމާވަނީ އަތުގައި އާއި ފައިގައި އުފެދޭ ފެނަކުންނެވެ. އަތުގެ މެދު ނާރަށް ފެނުގެ އަސަރު ކުރުމުން އަތްތިލައަށް ބާރުވެ ބޮޑުވާ އިނގިލި،ށަހާދަތް އިނގިލި، މެދު އިނގިލި އަދި ބައެއްފަހަރު މުޅި އަތުގައި ރިއްސާގޮތްވެ އައްސިވެދާނެއެވެ.

އާންމުގޮތެއްގައި ފެންނަ ކާޕަލް ޓަނެލް ސިންޑްރޯމް ގެ އަލާމާތް ތަކަކީ:

-އަތުގައި އިހްސާސް ނުވާހެން ހީވުން

– އަތްތިލަ ނުވަތަ މުޅިއަތާއި ކޮނޑު ގައި ތޫނޫ ތަދެއް އިހްސާސްވުން

-ބޮޑުވާ އިނގިލި، ޝަހާދަތް އިނގިލި އަދި މެދު އިނގިލީގައި ބާރުނެތް ކަމަށް އިހްސާސްވުން

-ދެއަތަށް އުނދަގޫވެ ހިރުވުނަ

-އަތުން މަސައްކަތް ކުރަން އުނދަގޫވުން(އަތުގައި ވަރުނެތުމުން)

ލޮރޭޑޯ ހޭންޑް ކެއަރ އިންސްޓިޓިއުޓްގެ ޑޮކްޓަރ އެއްކަމަށްވާ ޕެޑްރޯ ލޮރޭޑޯ ބުނެފައިވާގޮތގައި މާބަނޑު ދުވަސްވަރު ބައެއް އަންހެނުންނަށް މިމައްސަލަތައް ދިމާވާއިރު އަނެއްބައި މީހުންނަށް މިކަމުގެ އުނދަގޫތަށް ކުރިމަތި ނުވެއެވެ. ލޮރޭޑޯ ބުނެފައި ވާގޮތުގައި ކާޕެލް ޓަނެލް ސިނޑްރޯމް ގެ އުނދަގޫތަކާ ކުރިމަތިވަނީ މާބަނޑު އަންހެނާ އެންމެ ފުރަތަމަ ހެނދުނު ހޭލާގަޑީގައި ކަމަށެވެ.

ޑޮކްޓަރ ލޮރޭޑޯ ބުނެފައިވަނީ މާބަނޑު ދުވަސްވަރު ކާޕެލް ޓަނެލް ސިންޑްރޯމް އިން ސަލާމަތް ވުމަށް އައިސް ޕެކްބޭނުންކޮށް އަދި ނިދާގަޑިގައި އަތްތިލަ މައްޗަށް ވާގޮތަށް ބާއްވައިގެން ނިދުމުން މިއުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެކަމަށެވެ. އަދި ވިހެއުމަށްފަހު ވަގުތުން ބައެއް މީހުން ރަނަގޅުވެއެވެ. އަނެއްބައި މީހުން ދެހަފްތާ ނޫނީ ތިންހަފްތާއިން ރަނގަޅުވާނެކަމަށް ޑޮކްޓަރ ބުނެފައިވެއެވެ.