English Edition
Dhivehi Edition

ކުކުޅު ބިހަކީ އާންމުކޮށް އަހަރެމެން ހެނދުނު ނާސްތަގައި ހިމަނާ އެއް ބާވަތެވެ. ކާތަކެތި ތައްޔާރު ކުރުމުގައި ވެސް އާންމުކޮށް ބޭނުން ކުރަމުންދާ ކުކުޅުބިހުގައި ގިނަފައިދާ އެކުލެވިގެން ވެއެވެ.

ކުކުޅުބިހުގައި އެކުލެވޭ ފައިދާ ތަކަށްބަލާއިރު ބިހުގެ ހުދު ބައިގައި ޕޮޓޭސިއަމް، މިނަރަލް ގިނަ އަދަދަކަށް ހިމެނިފައި ހުރުމުން ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައިދެއެވެ، ބިހުގެ ރީނދޫ ބައިގައި ނިއުޓްރިއަންޓްސްއަކީ ވިޓަމިން ބީ6، އޭ، ޑީ، އީ ކޭ އަދި ވިޓަމިން ބީ6 ހިމެނެއެވެ. މިއީ ކެލްޝިއަމް ވެސް އެންމެ ގިނަ ބައެވެ. މި ބައިގައި މެގްނީޝިއަމް، އަޔަން އަދި ސެލެނިއަމް ވެސް ހިމެނެއެވެ.

ކުކުޅުބިސް ކާއްކާ ތަފާތު ގޮތްގޮތަށް ބަލާއިރު އެންމެ ގިނައިން ބޭނުން ކުރަނީ ފެނުކައްކައިގެންނެވެ. މީގެ އިތުރަށް ބިސްގަނޑު އެކި ގޮތްގޮތަށް އަޅައިގެންނާއި، ސްކްރަމްބްލްޑް، ޕޯޗްޑް، ފްރައިޑް، ބޭކް ކޮށްގެން އަދި މައިކްރޯވޭވްކޮށްގެން ބޭނުން ކުރެއެވެ.

ސުވާލަކީ މާބަނޑު ދުވަސްވަރު ބިސްކާން އެންމެ ރައްކާތެރި އަދި ފައިދާ ހުރި ގޮތަކީ ކޮބައިތޯ އެވެ. އާއެކެވެ. ފެނުކެއްކި ކުކުޅު ބިހަކީ މާބަނޑު ދުވަސްވަރު، ބިސްބޭނުން ކުރަން އެންމެ ރަނގަޅު ގޮތެވެ. އެގޮތުން ބިސް ފެނުކައްކާއިރު ބިހަކީ ގެރެންޓީ ހަމަވެފައި ނުވާ ތާޒާބިސް ކަން ޔަގީން ކުރަންވާނެއެވެ. އަދި ފެނުކައްކާއިރު ބިސް ރަނގަޅަށް ރޯފިލުވަން ޖެހޭނެއެވެ. ސިއްޚީ މާހިރުން ބުނާގޮތުގައި ރަނގަޅަށް ރޯނުފިލާ ބިސް ކެއުމުން އޭގައި ހިމެނޭ ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިއާ ގެސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ނުރައްކަލާ ކުރިމަތިވެދާނެއެވެ.

ފެނުކެއްކި ބިހުގައި ހިމެނޭ މިނެރަލް އާއި ވިޓަމިން އަދި ފެޓް އިން މައިމީހާއަށާއި ދަރިފުޅަށް ފައިދާކުރެއެވެ. މާބަނޑު މީހާ ހަށިގަނޑުގައި ކޮލެސްޓްރޯލް ހިމެނޭ ވަރު ބެލުމަށްފަހު ކޮންމެ ދުވަހަކު 1-2 ބިސް ބޭނުން ކުރެވިދާނެއެވެ. ބިހެއްގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރަކީ 185މގ ގްރާމެވެ. ކޮންމެ ދުވަހަކު މީހަކަށް ހަށިގަނޑަށް 300މގ ކޮލެސްޓްރޯލް ބޭނުންވެއެވެ.

މާބަނޑު ދުވަސްވަރު ކުކުޅު ބިސްބޭނުން ކުރުމުން ލިބޭ ފައިދާއަކީ: ބަނޑުގައިވާ ދަރިފުޅަށް ޕްރޮޓީން ލިބި ދަރިފުޅު ހެދިބޮޑުވުމަށް އެހީވެދެއެވެ. ބިހުގައި ހިމެނޭ ކޮލައިން ކިޔާ މައްދާއަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއަށް ފައިދާ ލިބިދޭ އަދި ގިނަބަލިތަކުން ދަރިފުޅު ދިފާއުކޮށްދޭ މާއްދާއެކެވެ. ކޮންމެ ބިހެއްގައި 70 ކެލޮރީ ހިމެނެއެވެ. އެގޮތުން މައިމީހާ އަށާއި ދަރިފުޅަށް ބޭނުންވާ ކެލޮރީސް ބިހުން ލިބިގެންދާނެއެވެ. ބިހުގައި ހިމެނޭ ވިޓަމިންތަކުން ހާއްސަކޮށް ވިޓަމިން “އޭ”ގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ހިތް، ފުއްޕާމޭ، ކިޑްނީ ، ލޯ އަދި ބައެއް ގުނަވަންތައް އުފެދުމަށް އެހީވެދެއެވެ.

މާބަނޑު ދުވަސްވަރު ކުކުޅު ބިސް އެއްވެސް ގޮތަކަށް ބޭނުން ކުރުމުގެ ކުރިން މައިމީހާގެ ކޮލެސްޓްރޯލް ލެވެލް ހުރި މިންވަރު ބަލާފައި ޑޮކްޓަރުގެ ލަފާގެމަތިން ކުކުޅު ބިސް ބޭނުން ކުރުން ރަނގަޅެވެ.