English Edition
Dhivehi Edition

ޗައިނާ އަކީ މިހާރު ދަތުރު ކުރުމަށް އުނދަގޫތަނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސޭހަ ކަމާއި އެކު ޗައިނާއަށް ދިޔުމަށް ފުރުސަތު ހުޅުވިފައި ވާއިރު، ޗައިނާގެ ވެރިރަށް ބެއިޖިން އަކީ އާދައިގެ ތަނެއް ނޫނެވެ.

ބެއިޖިން ބަލާލުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެކޭ ބުނަން ޖެހިލުންވެއެވެ. ސަބަބަކީ އެއީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށް ވާތީއެވެ. އެހެންނަމަވެސް ބެއިޖިން އަށް ގޮސްފައި ބެއިޖިން ނުބަލާ އައުމަކީ ޖޯކަކަށް ނޫނީ ނުވާނެއެވެ. އެހެންކަމުން ކުޑަ ޙަރަދަކުން ބެއިޖިން ބަލާލެވިދާނެ ގޮތްތަކެއްވެސް މިހާރު އެބަހުއްޓެވެ. އެތަނުގެ އާދަޔާ ހިލާފުތަންތަން ބަލާލުމުން ބެއިޖިން ގެ ބޮޑުބައި ބެލުނީ ކަމަށް ބުނެވިދާނެއެވެ.

ބެއިޖިންގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަވެސް ދައްކަންޖެހޭނީ ‘ފޮބިޑެން ސިޓީ’ ގެ ވާހަކަ އެވެ. އެއީ ޗައިނާގެ ވެރިރަށާއި 180 ހެކްޓަރ ދުރުގައިވާ އަވަށެކެވެ. އެތަން މަޝްހޫރުވެފައިވަނީ ޗައިނާގެ ދުނިޔޭގައި ސިއާސީ ކިއްލާގެ ގޮތުގައެވެ. އެއީ އެމްޕެރަރ ޗެންގޫގެ ވެރިކަމުގައި ހަދާފައިވާ ތަނެކެވެ. އެއަށްފަހު 24 އެމްޕެރަރ އިން އެތަނުގައި ދިރިއުޅެފައިވާކަމަށް ވެއެވެ. އެއީ 1420 އިން ފެށިގެން 1920 އައި ހަމައަށެވެ. އެތަނުގެ ފަރުމާތަކާއި، މަސައްކަތްތެރިކަމަކީ ދުނިޔޭގެ އެހެން ތަނަކުން ފެނުން މަދު މަންޒަރުތަކެކެވެ.

މީގެ ކުރިން ބެއިޖިން އަށް ގޮސްފައިވާ މީހަކު ނަމަ އަބަދުވެސް އެތަނުގެ ރީތިކަމުގެ ވާހަކަ ދައްކާނެއެވެ. އެގޮތުން ‘ހުޓޮންގްސް’ ގެ ވާހަކަ ނުދައްކާ މީހަކު ވަރަށް މަދުވާނެއެވެ. އެއީ ބެއިޖިންގެ އެތެރޭގައި ހުންނަ ހަނި މަގުތަކަށް ކިޔާ ނަމެކެވެ. ނަމަވެސް މިއީ އާދަޔާ ހިލާފް މަގުތަކެކެވެ. އެއީ 1215 ވަނަ އަހަރުން ފެށިގެން ހުންނަ ތަންތަން ކަމަށް ވެއެވެ. އެހެންކަމުން އެސަރަޙައްދުގެ މީހުން ދެކޭގޮތުގައި އެއީ އެމީހުންގެ މައިލޭނާރެވެ. މިމަގުތައް ހުންނަ ގޮތުން ގެތަކާއި، ފިހާރަތަކާއި، އާއިލާތައް ގުޅުވައިދީފައިވެއެވެ. އެހެންކަމުން މިއީ ބަލައިގެން ނޫނީ ސިފަކޮށްލަން އުނދަގޫތަނެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މިސަރަޙައްދަށް ގޮސްފައި ‘ދަ ގްރޭޓް ހެލްމްސްމެން’ އަށް ޒިޔާރަތް ކުރެވޭނެއެވެ. ޓައިނަންމެން ސްކޮޔާގެ ‘ޗެއަރމަން މައޯ މެމޯރިއަލް ހޯލް’ ގައި ބާއްވާފައި އޮންނަ މި ހަށިގަނޑު ބަލާލުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެތަނުގެ ޝަރުތެއްގެ ގޮތުން އެތަނަށް ވަންނަ ކޮންމެ މީހަކުވެސް އެހަށިގަނޑަށް އިޙްތިރާމް އަދާ ކުރަން ޖެހުމަކީ އެންމެ އާދަޔާ ހިލާފް އެއްކަމެވެ.

ޗައިނާގެ ފަރުމާވެރިންގެ ކުޅަނދާނަކަން ބަލާލަން ބޭނުންނަމަ ‘ދަ ސަމަރ ޕްލޭސް’ އަށް ކޮންމެހެން ވެސް ދާން ޖެހޭނެއެވެ. އެއީ ޒިންޖިއަން ގޮންގްމެން އެވެ. އެތަނުގެ އިމާރާތްތަކާއި ލޭންޑް ސްކޭޕްތަކަކީ ބަލާ ފޫހިނުވާނެ ތަންނަން ކަމަށް މީހުން ބުނެއެވެ. އަދި ހަމަ ‘ދަ ޓެމްޕަލް އޮފް ހެވަން ޕާރކް’ އަކީ ވެސް މިގޮތަށް ނުބަލާ ދޫކޮށްލެވޭނެ ތަނެއް ނޫނެވެ.

ތަފާތު ކާއެއްޗެއް ގެ ރަހަ ބަލާލަން ބޭނުންނަމަ ‘ދަ ޑޮންގްއަމެން ނައިޓް މާރކެޓް’ އަކީ ބެއިޖިން ގެ އެއްވަނަ އެވެ. އެތަނުން އާދަޔާ ހިލާފު އެތައް ވައްތަރެއްގެ ސްޓްރީޓް ފުޑް ލިބެން ހުރެއެވެ. މިއާއި އެކު ޗައިނާގެ އާދަކާދަ ދެކެ ލޯބިވާނަމަ ‘ދަ ސިޓިންގ އޮން ދަ ސިޓީ ވޯލްސް ކައުންޓްޔާޑް ހައުސް’ ގައި މަޑުކޮށްލުން އެކަން ވީކަމަށް ބަލާށެވެ. ސަބަބަކީ އެތަނުން ޗައިނާގެ ވަރަށް ގިނަ އާދަކާދަތައް ފެނިގެން ދާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ 7 އަޖައިބުން އެއް އަޖައިބު ކަމަށްވާ ޗައިނާގެ ބޮޑޫ ފާރު (ގްރޭޓް ވޯލް އޮފް ޗައިނާ) ވެސް އެހެރީ ހަމަ ބެއިޖިންގައެވެ. އެހެންކަމުން ބެއިޖިން އަށް ގޮސްފިނަމަ މިއީ ވެސް ކުރެވޭނެ އާދަޔާޚިލާފު މޮޅު ކަމަކަށް ވެގެންދާނެއެވެ.

އެހެންކަމުން ބެއިޖިން އަށް ދަތުރެއް ރާވާއިރު މިހިރަ ކަންތައްތަކަށް ސަމާލުކަން ދީގެން ގޮސްފިނަމަ ބެއިޖިން އެކުގައި ކަހަލަ ގޮތަކަށް ބަލާލާފައި އާދެވުނު ކަމުގެ އިޙްސާސް ކުރެވޭނެއެވެ.