English Edition
Dhivehi Edition

ލ.ގަސްގަނޑު ފިނޮޅާއި ބޮޑު ފިނޮޅާ ދޭތެރެއަށް ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ސެންރަލް އޭރިއާ ކޯސްޓް ގާޑް ސްކޮޑްރޮން އިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގެ ޚަބަރު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 08:52 ގައި ކަމަށާއި އެމްއެންޑީއެފް ކޯސްޓް ގާޑުންނާއި އާންމު ރައްޔިތުން ވެގެން މިހާރު ޑިންގީގައި ދަތުރުކުރި މީހުން އެތާ ކައިރީ އޮންނަ ލ.މަހަކަންފުށީ ނަމަކަށް ކިޔާ ފަޅުރަށަކަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގިއިރު ޑިންގީގައި 10 ފަޅުވެރިން ތިބިކަމަށް މައުލޫމާތު ލިބެއެވެ. އެއީ އަންހެނަކާއި 9 ފިރިހެނުންނެވެ. ހަބަރު ލިބިފައި ވާގޮތުގައި ޑިންގީގައި ތިބީ އެމްޑަބްލިޔު އެސްސީގެ ސާރވޭޓީމެކެވެ. އަދި އަންހެންމީހާ އަކީ ބިދޭސީއެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ޓެގު