ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިއަދުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށްވާރޭވެހޭނެ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓްއޮފީހުން މައުލޫމާތު ދެއެވެ.
އެހެންކަމުން ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކަށް ވެސް ކަނޑު ގަދަ ވާނެ ކަމަށް ލަފާ ކުރެވެތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓު އޮފީހުން ވިދާޅުވިއެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއްރަށްތަކަށް އުދައެރުން އެކަށީގެން ވާކަމަށްވެސް މެޓްއިފީހުން ވިދާޅުވިއެވެ.
މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް ތަކަށް ބަލާއިރު އުތުރުގެ ސަރަހައްދުތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑު ވާނީ 09:56 ގައެވެ، މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު 10:37 ގައެވެ، އަދި ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ މިއަދު 11:18 ގައެވެ.