ސްރީލަންކަން އެއާލައިންގައި ސ. ގަމުން ޑާކާއަށް ދާ ފަސެންޖަރުންނަށް ބެގޭޖް އެލަވެންސް ބޮޑު ކުރުމަށް އެ އެއާލައިން އިން ނިންމައިފިއެވެ
މިދިޔަ ބުރާސްފަތި ދުވަހު ފެށި ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ގަމުން ޑާކާއަށް އަދި ޑާކާ އިން ގަމަށް ދާ ކޮންމެ އިކޮނޮމިކް ކްލާހުގެ ފަސެންޖަރަކަށް 40 ކިލޯގެ ބަގޭޖް އެލަވެންސެއް ލިބިގެންދާނެ ކަމަށް ސްރީލަންކަން އެއާލައިނުން ބުނެއެވެ.
ޖުލައި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް ޓިކެޓް ނަގާ ފަސެންޖަރުންނަށް ލިބޭ މި އޮފަރގައި ޓިކެޓް ނަގާ ފަސެންޖަރުން އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ދަތުރު ކުރަން ޖެހެއެވެ.
ސްރީލަންކަން އެއާލައިންސްގެ އިކޮނޮމިކް ކްލާސް ޓިކެޓްގެ ބެގެޖް އެލަވަންސް އަކީ 30 ކިލޯގްރާމެވެ ޚާއްޞަ ޕްރޮމޯޝަނުގެ ދަށުން އިތުރު 10 ކިލޯ ވަނީ އިތުރުކޮށްފައެވެ..