English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ “ޔެސް ބޮސް” ފިހާރައިން އިންތިޒާމުކުރާ ޚާއްސަ ސޭލެއް މިއަދު އެފިހާރައިން ފަށާނެ ކަމަށް ބުނެފިއެވެ. ޔޭސްބޮސްގެ ނަމުގައި ކުރިއަށް ގެންދާ މި ސޭލް ފަށާނީ މިއަދު ހެނދުނު 10:00 ގައި ކަމަށް އެ ފިހާރައިން ވާހަކަ ދެއްކި ހަސަން ހަލީމް (ޒީކު ކުޑޭ) ބުންޏެވެ. މިއީ މިހާރުގެ ޔޭސް ބޮސް ފިހާރައަކީ ކުރީގެ ޒީކު ފިހާރައެވެ. ޔޭސް ބޮސް ފިހާރަހުންނަނީ ކުރެސް ގާޑަން ރެސްޓޯރެންޓުގެ ކުރިމަތީގައެވެ. ކުޑޭ ބުނީ މިއީ ބޮޑު އީދަށް ތައްޔާރުވުމުގެ ގޮތުން އެފިހާރައިން ފަށާ ސޭލެއް ކަމަށެވެ. މިފަދަ ސޭލެއް ބޭއްވަނީ އާންމުންގެ ވަރަށްބޮޑު އެދުމެއްގެ މަތިން ކަމަށްވެސް އޭނާ ބުންޏެވެ. މި ސޭލުން ވަރަށްގިނަ ސާމާނު ހެޔޮއަގުގައި ލިބޭނެއެވެ. އޭގެ ތެރޭގައި އަންހެނުން ގޭތެރޭގައި އާންމުކޮށްލާން ބޭނުންވާ ހެދުމާއި، އަންހެނުންނަށް ބޭނުންވާ އެހެން ސާމާނާއި، ދެޖިންސުގެ ކުޑަކުދިންނަށް ބޭނުންވާ ސާމާނާއި، ބޮޑެތި ފިރިހެނުންގެ ފައިވާން ހިމެނެއެވެ. މިއީ އާންމުކޮށް އެންމެނަށް ޚާއްސަކޮށްގެން ފަށާ ސޭލަކަށްވިޔަސް ބޮޑެތި ފިރިހެނުންނަށް ލިބޭނެ ހަމައެކަނި އެއްޗަކީ ފައިވާން ކަމަށް ކުޑޭ ބުންޏެވެ. ސޭލްގައި ވިއްކާ ސާމާނުގެ އަގުތައް ވަރަށްހެޔޮވާނެ ކަމަށްވެސް ކުޑޭ ބުންޏެވެ. “ކުރީގެ ޒީކޭ ބުނުމުން ރައްޔިތުން ގަބޫލުކުރާނެ އަގުހެޔޮވާނެކަން. މިއީ ރައްޔިތުންނަށް އަގުހެޔޮކޮށް އެއްޗެހި ވިއްކުމަށް ބާއްވާ ސޭލެއް،” ކުޑޭ ބުންޏެވެ. ސޭލް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.