English Edition
Dhivehi Edition

މިނިވަން ކަޕް 2018 ގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗު ގައި ވެމްކޯ އާއި ގައުމު އެފްސީ ބައްދަލުކުރި މެޗު ވެމްކޯ އިން 4 ލަނޑު 3 ލަނޑުން ކާމިޔާބުކޮށްފިއެވެ

ވާދަވެރި މޮޅު ކުޅުމެއް ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ފަސްމިނިޓްގައި ވެމްކޯ ޓީމްގެ އައްމަޓީ އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ބާރަވަނަ މިނިޓްގަިއ ގައުމު އެފްސީގެ ޝާކާ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު ހަމަ މިނިޓްގައި ވެމްކޯ ޓީމްގެ ގައިސްވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑް ނަގާފައެވެ.މެޗުގެ އަށާރަވަނަ މިނިޓްގައި ވެމްކޯ ގެ ޒާހިރުވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގައުމު އެފްސީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު ވެމްކޯގެ ކީޕާރުވަނީ އެ ޓީމުގެ ހަމަލާތައް ދިފާއުކޮށްފައެވެ. މި މެޗުގައި ގައުމު އެފްސީ އިން ޖެހި ދެވަނަ ލަނޑަކީ އެ ޓީމްގެ ޝާކާ މެޗުގެ އެކާވީސްވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވެމްކޯގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސައުވީސްވަނަ މިނިޓްގައި ވެމްކޯ ގެ އައްމަޓީ ޖަހައިދިން ލަނޑާއެކު އެ ޓީމުންވަނީ ލީޑުފުޅާކޮށް ހަމަޖެހިލާފައެވެ. ގައުމު އެފްސީއިން މި މެޗުގައި މޮޅު ވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެ ޓީމްގެ ތިންވަނަ ގޯލަކީ މެޗުގެ ހަތާވީސްވަނަ މިނިޓްގައި ލިރު ޖަހައިދިން ލަނޑެކެވެ

އިއްޔެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެމްކޯ ޓީމްގެ އައްމަޓީ ހޮވިފައިވާއިރު އިއްޔެވަނީ މި މުބާރާތުގެ ފުރަތަމަ ރަތްކާޑު ގައުމު އެފްސީގެ ވިޝޫ އަށް ދައްކާފައެވެ