English Edition
Dhivehi Edition
ފޮޓޯ: ވަގުތު

ލިޔުނީ: ހިޒްޔަމް ހާމިދު

އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ގެ ފަރާތުންދޭ 616،800،00 ރުފިޔާގެ (40 މިލިއަން ޑޮލަރު) ލޯނުގެ އެހީގެ ދަށުން އައްޑޫސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ ކަމަށް މިނިސްޓަރް ތޯރިގް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ލޯން އެހީގެ ދަށުން ރައީސް ޔާމިން ވަނީ ތިން ދާއިރާއަކަށް ހޭދަކުރެއްވުމަށް ނިންމަވާފައި ކަމަށެވެ. އޭގެ ތެރޭގައި ހައުސިންގ މިނިސްޓްރީގެ މެންޑޭޓްގައި އޮންނަ ދާއިރާއަކާއި އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓް ގައި ހިމެނޭ ދާއިރާތަކަށް މި ލޯންގެ ދަށުން ޚަރަދުކުރަން ވަނީ ނިންމާފައެވެ.

މީދޫ ގިރާސަރަހައްދު — ފޮޓޯ: ލުބްނާ މަޖީދު މުހްތާރު / އޭއޯ ނިއުސް

އޯޕެކް ފަންޑުގެ ލޯން އެހީގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަށް ބަހާލެވިގެންވަނީ 3 ޕެކޭޖަކަށް ބަހާލައިގެންނެވެ.

ޕެކޭޖް އެކެއްގައި ހިމެނޭ ރަށްތައް

ހދ. ނެއްލައިދޫ ، ހދ ނޭކުރެންދޫ ، ހދ މަކުނުދޫ ، ށ ، ފޭދޫ ، ގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުން.

ށ.މަރޮށީގެ ގޮނޑުދޮށް

ޕެކޭޖް ދޭއްގައި ހިމެނޭ ރަށްތަށް

ގދ ވާދޫ ، ގދ ފިޔޯރީ ، ގައި ނަރުދަމާ ނިޒާމު ގާއިމުކުރުން. އަދި ސ. މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު.

ޕެކޭޖް ތިނެއްގައި ހިމެނޭ ރަށްތަށް

ބ ދަރަވަންދޫ ، ބ ކެންދޫ ، ގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުން

ނޫސްވެރިންނާ ބައްދަލުކުރައްވާ ހައުސިން މިނިސްޓަރު މުހަންމަދު މުއިއްޒު ވިދާޅުވި ގޮތުގައި އޯޕެކް ފަންޑްގެ ލޯން އެހީގެދަށުން ގއ ކޮލަމާފުށީގެ ބަނދަރު ، ގދ ހޯޑެއްދޫ ، ސ މަރަދޫ ފޭދޫ، ބ ކުޑަރިކިލި، ބ ކިހާދޫ، ބ ދޮންފަނު ބަނދަރުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ލޯނު އެހީގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް މިއަހަރުތެރޭ ފެށުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށްވަނީ ބިޔަ ރާޅުތައް ބިންދައިލުމުގެ ސަބަބުން ވަރަށް ބޮޑަށް ގިރާފައެވެ. މިކަން ޙައްލުކުރުމަށްޓަކައި ރަށު ފެންވަރުގައި މަސައްކަތްކުރެވެމުން ދާއިރު ގިނަ ރައްޔިތުންތަކެއް ދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ބައެއް ރައްޔިތުންދަނީ އަވަސް ޙައްލެއް ގެނެވޭތޯ ކަމާއިބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅަމުންނެވެ.