English Edition
Dhivehi Edition
ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު/ފޮޓޯ ޔާމީން އޭއޯނިއުސް

ހައުސިން މިނިސްޓްރީގެ އެގެޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހެއިރު(އަބުހަރީ) ދިރިއުޅުއްވާ، ސ.ހިތަދޫ ލިލަކު ގެއަށް ރޭ ދަންވަރު ބަޔަކު ގެއްލުންތަކެއް ދީ އެގޭގެ ބައެއް ކުޑަދޮރު ތަކުގެ ބިއްލޫރި ތަޅާލައިފިއެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގައި އެގޭގައި ދިރިއުޅޭ މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ނޭނގެއެވެ.

މިހާދިސާ ހިނގާފައި މިވަނީ ހިތަދޫ ސިޓީ ސްކެއާގައި ބަހައްޓާފައި ހުރި ދިދަ ދަނޑި ނެގި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރޭ ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށެވެ.

މީގެ ކުރިން ވެސް ޒުހައިރުގެ ގެއަށް މިފަދަ ހަމަލާއެއް ވަނީ ދީފައެވެ. އެ ހާދިސާ ހިނގި އިރު ޒުހައިރު ހުންނެވީ ފެނަކަ އައްޑޫ ޑިޕާޓްމަންޓުގެ އިސްވެރިޔަކަށެވެ.