English Edition
Dhivehi Edition
ވީފައިލް ފޮޓޯ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރެވުމަށް ކަނޑައަޅުއްވާފައިވާ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުވެވަޑައިގަތް، ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފައިސަލް ނަސީމަށް ދިވެހި ސަރުކާރުގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
ރިޔާސީ އިންތިޚާބަށް ހުރިހާ ފަރާތްތަކުން ވަމުންދާ ތައްޔާރިތަކާއި ކެމްޕެއިން ޙަރަކާތްތައް ސުލްޙަވެރިކަމާއި ހަމަޖެހުމާއެކު ކުރިއަށްދާކަން ފާހަގަކޮށް އަދި ކެމްޕެއިން ހަރަކާތްތަކުގެ މަސްލަހަތު ނުގެއްލޭގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރެއްވުމަށާއި، އިންތިޚާބުގެ ކަންކަމަށް ގެއްލުންނުވާނެ ގޮތަށް ޢަމަލުކުރެއްވުމަށް ސަރުކާރުގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ .

މީގެ އިތުރުން އަދި، މި ފަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ކާމިޔާބު އިންތިޚާބަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެއްބަރުލުން ދެއްވުމަށް ވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.