English Edition
Dhivehi Edition

ހަރަކާތްތެރިނުވާ، ފޭކް ކަމަށް ބެލެވޭ އެތައް ހާސް އެކައުންޓެއް ޓްވިޓާއިން ޑިލީޓްކޮށްލުމާ އެކު އެތައް ބައެއްގެ ފޮލޯވަރުންގެ އަދަދު މަދުވެއްޖެ އެވެ

މިދިޔަ ބުރާސްފަތި ދުވަހު ޓުވިޓާއިން ބޮޓްތަކާއި ފޭކު އެކައުންޓްތައް އުނިކުރުމާއި ގުޅިގެން އެތައް ހާސް ސެލެބްރިޓީންގެ ޓްވިޓާ ފޮލޯވާސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މި ގޮތުން ޓްވިޓާ ފޮލޯވާސް އެންމެ ގިނަ ލަވަކިޔުންތެރިޔާ ކެޓީ ޕެރީގެ އެކައުންޓުން 1.5 މިލިއަން ފޮލޯވާސް ވަނީ މަދުވެފަ އެވެ. މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޖަސްޓިން ބީބާ އާއި ޓޭލާ ސްވިފްޓަށް ވެސް ދެ މިިލިއަނެއްހާ ފޮލޯވާސް ގެއްލިފައެވެ

މީގެ އިތުރުން މަޝްހޫރު ގިނަ ޝަހްސިއްޔަތުތަކާއި ސިޔާސީ ފަރާތްތަކަށްވެސް ވަނީ ޓްވިޓާ ފޮލޯވާސް ގެއްލިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ފޮލޯވާސް ވަނީ 103.63 މިލިއަނުން 101 މިލިއަނަށް ދަށްވެފަ އެވެ. އެެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 340،000 ފޮލޯވާސްވަނީ ގެއްލިފައެެވެ

ޓެގު