އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅުގައި ހުންނަވައިގެން ރައްޔިތުން އެދޭފަދަ ވެރިކަމެއް ގެންނަން މަސައްކަތްކުރުމުގައި ދެމިހުންނާނެ ކަމަށް އިބޫގެ ރަނިންމޭޓަކަށް ހިވިވަޑައިގަތް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ
ފައިސަލް ވިދާޅުވީ އިބޫ އަކީ ވަރަށް އޯގާތެރި، ހެޔޮ މިޒާޖެއްގެ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކާއެކު ރާއްޖެ އިސްލާހުގެ މަގަށް ގެންނަން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ
މީގެ އިތުރުން ފައިސަލް ވިދާޅުވީ އެއްވެސް ކަހަލަ ތަފާތުކުރުމެއް އެއްވެސް ރައްޔިތަކާ މެދުގައި އޮވެގެން ނުވާނެ ކަން ގަބޫލުކުރައްވާކަމަށެވެ. ފައިސަލްވަނީ ކޯލިޝަންގެ ބޭފުޅުންނާއި އިސްލާހަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި އަދި ރައްޔިތުންނަށް، ރާއްޖެއަށް އިންސާފުވެރި އުފާވެރި ވެރިކަމެއް ގެންނަން އިދިކޮޅު ކޯލިޝަނާއި ގުޅިގެން މަސައްކަތް ކޮށްދިނުމަށް ގޮވާލާފައެވެ.