English Edition
Dhivehi Edition

އައްޑޫސިޓީ ތަރައްގީ ނުކޮށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން ފޭދޫ ހަރުގޭގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވަނީ އައްޑޫސިޓީ ތަރައްގީ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވާނެ ކަމަށް ވިދާޅުވެފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީއަށް ހާއްސަ ސަމާލު ކަމެއް ދެއްވައިގެން މަޝްރޫއުތަކެއް ހިންގެވި ކަމަށާއި އެ މަޝްރޫއުތައް އެއްވެސް ހުއްޓުމެއް ނެތި އޭނާގެ ވެރިކަމެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށާއި ގަން އެއާޕޯޓުން އައްޑޫ ރައްޔިތުން މިއަދު ދައްކުވައި ދިނީ މި ސަރުކާރުން ހިންގާ ކަންކަން ހުއްޓުވަން ކެތް މަދުވެފައި ތިބި މަންޒަރު ކަމަށެވެ.