English Edition
Dhivehi Edition

ކާބަފައިންގެ ޒަމާނުއްސުރެ އައްޑޫ ސިޓީ މީދޫ މީހުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަމުން އައި ބައެކެވެ. ރަށުން ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދަމުން އައި ބައެކެވެ. އޭރު އަމްދާނީ ހޯދުމަށްޓަކައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތްނަމަވެސް ޒަމާނާއެކު މީދޫގެ ރައްޔަތުންނަށްވެސް ވަނީ އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައެވެ. މި ގޮތުން އައްޑޫ ސިޓީ ގައި ގެސްޓް ހައުސް ވިޔަފާރި ތައާރަފުވުމާއެކު އެންމެ ފުރަތަމަ މީދޫގައި ހުޅުވިގެންދިޔަ ގެސްޓް ހައުސްއަކީ ‘ޗާމިން ހޮލިޑޭ ލޮޖް’ އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން 20 މިނިޓްގެ ދަތުރަކަށްފަހު އައްޑޫ ސިޓީ މީދޫއަށް އާދެވޭ އިރު ޗާމިން އަކީ ދިގު ދަތުރަކަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް އެންމެ އެކަށީގެންވާ އެއް މާހައުލު ކަން ޔަގީނެވެ.މި ގެސްޓް ހައުސް އަކީރާއްޖެ އާއި ރާއްޖެއިން ބޭރުން މީދޫ އާއި ހުޅުދޫ އަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެކަށީގެންވާ ފަދަ އަގުތަކެއް ހިދުމަތް ދެމުންދާތަނެކެވެ. ޒަމާނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޗާމިން ގެ ހިތްފައްސޭހަ މާހައުލާއި ދެމުން ގެންދާ ހިދުމަތްތަކަކީ ދެވަނަ ފަހަރަށްވެސް އެތަނުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާނެ ފަދަ ހިދުމަތްތަކެކެވެ. އަމިއްލައަށް ކާން ބޭނުންވާ އެއްޗެހި ތައްޔާރުކުރެވޭ ގޮތަށް ބަނދިގެ އެއް ހުންނަ އިރު، ގެސްޓްހައުސް ހުންނަ އިމާރާތުގެ ތެރޭގައި ކޮފީ ޝޮޕެއްވެސް ހުރެއެވެ. އެތަނަށް ޒިޔާރަތްކުރާ މީހުން ބޭނުން ވެއްޖެ ހިދެއްގައި މަސްބޭނުން، ސްކޫބާ ޑައިވިން، ބީޗް ޕިކްނިކް އާއި ބާބަކިއުފަދަ ކަންތައްތައް ގެސްޓް ހައުސް އިން ހަމަޖައްސައިދެއެވެ. އަދި ރަށުގެ ހިތްގައިމު މާހައުލު ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ގެސްޓް ހައުސް އިން ހޯދައިދޭކަމީ އެތަނަށް އަންނަ މީހުންނަށް ލިބިގެންދާ އިތުރު ހިތްހަމަޖެހުމެއް ކަން ޔަގީނެވެ. ޗާމިންގައި ޗުއްޓީ ހޭދަކުރާ ދިވެހިންނަށްވެސް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް އެއްވެސް ތަފާތު ކުރުމެއް ނެތި ލިބިގެން ދިއުމަކީ އެތަނަށް ޒިޔާރަތްކުރާ ދިވެހިން އެންމެ ބަލައި ގަންނަ އެއްކަމެވެ. މުޅި ގެސްޓް ހައުސްއަށް ކޮންމެ ވަގުތަކުވެސް ހިލޭ ވައިފައިގެ ހިދުމަތް ލިބެން ހުރި އިރު އެ ތަނުގެ ސާފުތާހިރުކަމަކީ ކޮންމެ މީހަކުވެސް ފާހަގަކުރާ ކަމެކެވެ. ދިވެހިންނަށް ހާއްސަ އަގުތަކެއް ކަޑައަޅާފައިވާއިރު ޗާމިން ގެސްޓް ހައުސް މެދުވެރކޮށް، ކެނެރީފް ރިސޯޓަށް އެންޓްރީފީގެ ގޮތުގައި ކަޑައެޅިފައިވާ ވަކި އަގެއް ދެއްކުމުން ދެވޭނެ އިންތިޒާމުވެސް އެ ގެސްޓް ހައުސްއިން ހަމަޖައްސައިދެއެވެ. “ވަރަށް އުފާވި ގެސްޓް ހައުސްއިން ދިން ހިދުމަތްތަކަށް. އެންމެ އުފާވީ އެތަނަށް ދިއުމުން ކީ ހޫނު މަރުހަބާގެ ސަބަބުން.ގެސްޓް ހައުސްގެ އޯނަރު ވަރަށް ރަގަޅު. އަހަރެމެން ބޭނުންވި ހުރިހާކަމެއް ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްދިން. މީ އާންމުކޮށް އެހެން ގެސްޓްހައުސްތަކުން ދިވެހިންނަށް ކޮށްދޭ ކަންތައްތަކެއް ނޫން.” ޗާމިންގައި ޗުއްޓީ ހޭދަކުރި ޒުވާނަކު ބުންޏެވެ. ޗާމިން ގެސްޓްހައުސްގެ ވެރިފަރާތް ކަމުގައިވާ ހާމިދު ބުނެފައިވަނީ އެމީހުން ދޭ ހިދުމަތަކީ ހަމަކޮންމެ މީހަކުވެސް އުފަލާއެކު ބަލައިގަންނަ ހިދުމަތްތަކެއްކަމަށެވެ. މީގެ އިތުރުން ހާމިދު ބުނެފައިވަނީ އިންޓަނޭޝަނަލް ދަތުރުތައް ފެށުމުން ވަރަށް ގިނަ ލުއި ފައްސޭހަތައް ލިބިގެން ދިޔަކަމުގައެވެ. “މިހާރު ސީދާ ކޮލަންބޯ އިން 1 ގަޑި 30 މިނިޓްގެ ދަތުރަކަށްފަހު އައްޑޫއަށް އާދެވޭ.އެހެންކަމުން މިހާރު އައްޑޫއަށް ޗުއްޓީއަށް އަންނަ ފަރާތްތަކުގެ ނިސްބަތް އަންނަނީ އިތުރުވަމުން. އުއްމީދަކީ ކުރިއަށް އޮތް މުސްތަގުބަލުގައި މިއަށްވުރެ ރަގަޅުވެގެން ދިއުން” ހާމިދު ބުންޏެވެ. މިހާރުވެސް ވިޔަފާރީގެ ގޮތުން ބަލާއިރު މީކުރަން އެންމެ ރަގަޅު މަސައްކަތެއް ކަމުގައި ހާމިދުވަނީ ބުނެފައެވެ. “ބައެއްފަހަރު އަޑި ގުޑަންވެސް އަންނާނެ. މީގެ އޮތީ ކެތްތެރިކަމާއެކު މަސައްކަތްކުރުން. މީ މުސްތަގުބަލަށް ބަލާއިރު ވަރަށް ފައިދާކުރާނެ މަސައްކަތެއް. މިހާރު ގަމަށް އިންޓަނޭޝަނަލް ފްލައިޓްތައް އަންނަން ފަށާފައިވާއިރު މީހަމަ ރަގަޅު އާމްދަނީ އެއް ލިބޭނެ މަސައްކަތެއް.”ހާމިދު ބުންޏެވެ. ޗާމިންގައި ޗުއްޓި ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޗާމިން ހޮލީޑޭ ލޮޑްޗްގެ ވެބްސައިޓަށް ވަދެ ރިޒަވޭޝަން ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާ އިރު ދުނިޔޭގެ މަޝަހޫރު ޓްރެވެލް ސައިޓްތައްކަމަށްވާ ބުކިން ޑޮޓް ކޮމް، ޓްރިޕް އެޑްވައިޒަރ , އަގޯޑަރ، މެދުވެރިކޮށް ރިޒަވޭޝަން ހެދޭނެ އެވެ. އަދި ކޮންމެ ވަގުތަކުވެސް ރިޒަވޭޝަން ހެދުމަށާއި މައުލޫމާތު ސާފުކުރުމަށް 6895018 މި ނަންބަރަށް ގުޅާލުމުން މައުލޫމާތު ލިބިގެންދާނެއެވެ