English Edition
Dhivehi Edition

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ، އައްޑޫސިޓީގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ދަބަސް ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

އައްޑޫސިޓީގައި ހިންގާ މިކޯހަށް ކޮންމެ ދާއިރާއަކަށް 10 ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި -/500ރުފިޔާގެ ފީއެއް ނަގައެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރާނީ، 15 ޖުލައި 2018 ވާ އާދީއްތަ ދުވަހު ހެނދުނު 11:30 އިން ފެށިގެން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހުންނެވެ. ހުޅުދޫ އަދި މީދޫ ދާއިރާގެ ފޯމްތައް ދޫކުރުމާއި ބަލައިގަންނާނީ މިދާއިރާ ތަކުގެ އަވަށު އޮފީހުންނެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އައި،ޑީ،ކާޑްގެ ކޮޕީއާއިއެކު، ފޯމް ހުށަހެޅުއްވުން އެދޭކަމަށް އެ ކޮމެޓީން ބުނެއެވެ.