ސ.ހުޅުދޫގައި ދިރިއުޅެމުންދާ އެ ރަށު އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އޭނާގެ ފޭސްބުކް އެކައުންޓްގައި ފޮޓޯ އާއި ވިޑިއޯ އާއި އެކު ލިޔެފައިވަނީ އޭނާގެ ތިން އަންހެން ކުދިންނަށް އެ ކުދިންގެ ބައްޕަގެ ފަރާތުން އަނިޔާ ލިބެމުންދާތާ ފަސް އަހަރުވެފައިވާ ކަމަށެވެ.މީގެ އިތުރުން އޭނާ ބުނެފައިވަނީ އެމީހުންދިރިއުޅެމުންދާ ގެއަށް އައިސް ހުތުރު ބަހުން ވާހަކަދައްކާ އެކުދިންނަށް އެ ބަސްތައް ތަކުރާރުކޮށް ކިޔުމަށް އެ ކުދިންގެ ބައްޕަ ބާރު އަޅަމުންދާ ކަމަށެވެ. އަދި އެމީހުން ދިރިއުޅެމުންދާ ގޭގެ އެކި އެއްޗެހިތަކުގައި ރޯކޮށް ކުދިންގެ އެއްޗެއްސަށްވެސް ގެއްލުން ދެމުންދާކަމަށް މި ލިޔުމުގައި ވަނީ ބުނެފައެވެ
.
ފޭސްބުކްގައި އޭނާ ބުނެފައިވަނީ މިކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކިފަހަރު މަތިން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން އަދި މިހާތަނަށް މި މައްސަލަތައް ބެލިފައި ނުވާކަމަށެވެ
ފޭސްބުކްގައި ދައުރުވަމުންދާ ވީޑިއޯތަކުން ކުދިންގެ ބައްޕަ އެކުދިން ތިއްބާ ހަޑިހުތުރުބަހުން ވާހަކަ ދައްކާ މަންޒަރާއި ސްކޫލްގައި ކުއްޖާ ހުއްޓާ ކުއްޖާ ގޮވައިގެން ދާ މަންޒަރު ފެނިގެން ދެއެވެ