އިންޑިއާގެ ގުޖްރާތުގެ އަވަށެއް ކަމަށްވާ ރާޖްކޮޓްގެ ވިލެޖަކުން އުމުރުން ތިން އަހަރުގެއަންހެން ކުއްޖަކު މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
ވަރްޝާ ނަމަކަށް ކިޔާ މިތުއްތު ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށްފެނުނީ މަރާލާފައި ކޮތަޅަކަށްލާ އޮޅާފައި ވަޅުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ މިިދިޔަ ހޯމަދުވަހު އެވެ.
އިންޑިއާގެ ފުލުހުން ކުރި ތަހުގީގުގައި އެނގިފައިވާ ގޮތުގައި މިކުއްޖާމަރާލީ މިކުއްޖާގެ އަވަށްޓެރިއެއް ކަމަށްވާ މަދަވް ކިޔާމީހެކެވެ. މިމީހާ އަކީ ވަރްޝާގެ ބައްޕަގެ ގާތްރަހުމަތްތެރިއެއްވެސް މެއެވެ. ތަހުގީގުގައި މަދަވް ބުނެފައިވަނީ އޭނަގެ އެކުވެރިޔާ ލަލޫ ގެ އަނބިމީހާ އާ މައްސަލަތަކެއް ޖެހޭކަމަށާއި، މައްސަލަޖެހުނީމަ އަނބިމީހާ ގެއިން ނިކުމެގެން ގޮސްފިއްޔާ ލަލޫ ދެންހަދާނީ ކިހިނެއްހޭ ބުނުމުން ، ދެން މަދަވްގެ ފަނަރަ އަހަރުގެ ދަރިފުޅާ ކައިވެނި ކުރާނީ ކަމަށް ބުނިކަމަށެވެ. ފުލުހުން ބުނީ ލަލޫ އެހެން ބުނުމުން މަދަވް ވަރަށް ރުޅިއައި ކަމަށާއި އައިރުޅީގައި ބަދަލު ހިފުމަށް އެގެއަށް ދިޔައިރު ލަލޫގެ 3 އަހަރުގެ ދަރިފުޅު ބޭރުގައި ކުޅެންހުއްޓާ ދުރަށްގެންގޮސް މަރާލީކަމަށެވެ.
ފުލުހުންބުނީ އެތުއްތު ކުއްޖާގެ އޮޓޮޕްސީ ރިޕޯރޓުން ދައްކާ ގޮތުގައި އެކުއްޖާ މަރާލާފައި ވަނީ ބޮލުގައި ބަރު އެއްޗަކުން ޖަހައެވެ. އަދި ރިޕޯރޓުން ދައްކާގޮތުގައި އެކުއްޖާގެ ކޯމަތީގައި ވަރަށްބާރަށް ޖަހާފައި ވާކަމުގެ ނިޝާންވެސް ފެންނަން ހުރިކަމަށެވެ.
މިހާދިސާއާއި ގުޅިގެން ލަލޫގެ އަނބިމީހާ ތަހުގީގަށް ބުނެފައިވަނީ ލަލޫ އާއޭނައާ އަބަދު މައްސަލަޖެހޭ ކަމަށާއި ޖެހޭ މައްސަލައަކީ އެކުވެރިޔާ މަދަވްގެ ފަނަރަ އަހަރުގެ އަންހެން ދަރިފުޅަށް ހާއްސަ ގޮތަކަށް ލަލޫ ދެކެމުން އަންނަކަން އެނގޭތީ އެމައްސަލަކަމަށެވެ.
އިންޑިއާގެ ފުލުހުން މިހާރު ދަނީ މިމައްސަލަ ތަހިގީގު ކުރަމުންނެވެ.