އިންޑިއާގެ ނިއުދިއްލީގައި ހުންނަ ތާޖްމަހަލްގައި ކޮންމެ ކޮންމެ ބައަކަށް ހުކުރުނަމާދު ނުކުރެވޭނެ ކަމަށްބުނެނިއުދިއްލީގެ ސުޕްރީމް ކޯޓުން އަމުރެއްނެރެފިއެވެ.
ދިއްލީގެ ސުޕްރީމްކޯޓުން މިއަމުރު ނެރުނީމިއަދުއެވެ.
ދުނިޔޭގެ ހަތް އަޖައިބުން އެއްއަޖައިބު ކަމަށްވާ ތާޖްމަހަލްގެ މިސްކިތުގައި އާގަރާ މީހުންފިޔަފައި އެހެން މީހުންނަށް ހުކުރުނަމާދު ނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައެޅީ އެތަނުގެ ހިމާޔަތަށް ކަމަށް ބުނެއެވެ.
ތާޖްމަހަލްގައި ހުކުރުނަމާދު ކުރުން ހުއްދަދީފައި ވަނީ އާގަރާމީހުންނަށް އެކަނި ކަމަށް ބުނެ އެއަވަށު އޮފީހަކުން ވެސް މިދިޔަ ޖެނުއަރީ 24 ވަނަދުވަހުންފެށިގެން ވަނީ އަމުރެއްނެރެފައެވެ. އެ އަމުރުގައި ބުނެފައިވަނީ ކާކުކަން އަންގައިދޭ ލިޔުން ހިފައިގެން އައިމަ ވަދެވޭނީ އާގަރާ މީހުންނަށް އެކަނިކަމަށެވެ. ނަމަވެސް މިއަމުރާ ދެކޮޅަށް އެހެންމީހުންވެސް ކާކުކަން އަންގައިދޭ ލިޔުން ހިފައިގެން އައިމާ ވަދެވެންޖެހޭނެކަމަށް ބުނެ އެ އެއްބަޔަކު ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
ނިއުދިއްލީގެ ސުޕްރީމް ކޯޓުން ތާޖްމަހަލްގައި ކޮންމެ ކޮންމެ ބަޔަކަށް ހުކުރުނަމާދު ނުކުރެވޭނެކަމަށް ބުނީ ކާކުކަންއަންގައިދޭ ލިޔުން ހިފައިގެން އަންނަމީހުން ނަށްއެކަނި ވަދެވޭގޮތަށް ހަދާފައި ވީ ނަމަވެސް ނަމާދު ކުރަން ކަމަށް ބުނެ ބަންގްލަދޭޝްގެ މީހުންނާއި އެހެން ގައުމުތަކުގެ މީހުން ގޮސް ވަދެހަދާތީއެކަމުގެ ޝަކުވާ ލިބެމުންދާތީ އެވެ. އަދި ހުކުރުދުވަހަކީ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާދުވަހަކަށްވެފައި ތާޖްމަހަލް ހަމައެކަނި ހުކުރުދުވަހު ހުޅުވަނީ ޓޫރިސްޓުންނަށް އެކަނިކަމަށް ކޯޓުންބުނެފައިވެއެވެ.