English Edition
Dhivehi Edition

ތިރީސް އަހަރުވަންދެން އަނިޔާކުރުމަށްފަހު މިހާރުވެސް އެކަމަށް ހިތްވަރު ދިނުމަށްފަހު މީހުން ފޮނުވިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ޕީޕީއެމް މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ކުރައްވައިފައިވާ ޓްވީޓެއްގައެވެ. ބެލޭވޭ ގޮތުގައި އޭނާ އެވިދާޅުވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވާހަކައެވެ. “ތިރީސް އަހަރުވެސް ބިރުދައްކާ އަނިޔާކުރީ. މިއަދުވެސް އެކިގޮތްގޮތުން އެކަމަށް ހިތްވަރުދީފައި މީހުން ފޮނުވިޔަސް ފަހަތަކަށް ނުޖެހޭނަން،” މޫސަގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. ރައީސް މައުމޫން މިހާރު ގެންދަވަނީ ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކާއެކު އިސްލާހަށް ކަމަށް ވިދާޅުވެ މަސައްކަތް ކުރައްވަމުންނެވެ. އެމަސައްކަތުގައި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އެހެންނަމަވެސް ފާރިސް މިހާރު ހުންނެވި ފުލުހުންގެ ބަންދެއްގައެވެ.