English Edition
Dhivehi Edition

އުމުރުން 12 އަހަރުގެ އިންޑިއާ ކުއްޖަކު ޕްރައިވެޓްހޮސްޕިޓަލެއްގައި މިދިޔައަންގާރަދުވަހު އަންހެންކުއްޖަކު ވިހައިފިއެވެ.

އިންޑިއާގެ އަވަށެއްކަމަށް ވާ ބިހާރުގެ ހޮސްޕިޓަލެއްގައި މިކުއްޖާ ވިހާފައިވާއިރު ދެމައިންގެ ހާލުވެސް ރަގަޅުކަމަށް ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. ހޮސްޕިޓަލުން ބުނެފައިވަނީ މިކުއްޖާ ހޮސްޕިޓަލަށް ގެނައީ އަންގާރަދުވަހު ހެނދުނު އޭނާގެ މަަންމައެވެ. ހެނދުނު ހަތެއްޖެހި އިރު މި އަންހެންކުއްޖާ ތުއްތުކުއްޖާ ވިހާފައިވަނީ ނޯމަލްޑެލިވަރީ އަކުންނެވެ. ވިހެއުމަށްފަހު ފުލުހުންނަށް ރޭޕްކޭސް ރިޕޯރޓް ކުރީ ހޮސްޕިޓަލުންކަމަށް ހަބަރުތައް ބުނެއެވެ.

މިހާދިސާ ތަހުގީގު ކުރަމުން އަންނަ ޑެޕިުޓީ ކަމިޝަނަރ އޮފް ޕޮލިސް އަޝްވަނީ ކަޕޫރު ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާތަނަށް ތަހުގީގުގައި އެނގިފައި ވާގޮތުގައި މިކުއްޖާ ވިހެއި ތުއްތު ކުއްޖާގެ ބައްޕައަކީ އެހިސާބުގަނޑުގައި މަސައްކަތެއް ކުރުމަށް އައިސް އުޅޭ އެހެން ހިސާބެއްގެ މީހެއްކަމަށެވެ. މި އަންހެން ކުއްޖާ ރޭޕްކޮށް މާބަނޑުވެފައިވާތީ މިހާރު ތުހުމަތު ކުރާމީހާ ހޯދުމަށް ފަށާފައިވާ އިރު އެމީހާ އެ އަވަށް ދޫކޮށް ފިލާފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނެފައިވަނީ ކުޑަކުއްޖާ ދިންމައުލޫމާތަށް ބަލާއިރު އެ ފިރިހެން މީހާގެ އުމުރުން ވަނީ 18 ނުވަތަ 20 އަހަރެވެ.

ގްރޭޑް ހަތެއްގައި ކިޔަވަވަމުން ދާ އުމުރުން 12 އަހަރުގެ މި އަންހެންކުއްޖާގެ ބައްޕައަކީ ބަލިމީހެއްކަމަށްވާއިރު ގޭގޭ ހުރިހާ ހަރަދެއް ބަލަހައްޓަން މަސައްކަތް ކުރަނީ މިކުއްޖާގެ މަންމަ ކަމަށް ރިޕޯރޓް ތައް ބުނެއެވެ. މި އާއިލާގައި މި އަންހެން ކުއްޖާގެ އިތުރުން ހަނގަށް ދެފިރިހެން ކުދިންވެސް ތިބެއެވެ.