ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކާމިޔާބު ކުރައްވާނީ 60 ޕަސެންޓު ވޯޓު ހޯއްދަވައިގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ
ލ. ފޮނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ އަަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށެވެ.މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން “އޭ ޕްލަސް ރިޕޯޓެއް” ހޯއްދަވައި، އެންމެން ފަޚުރުވެރިވާ ލީޑަރަކަށް ވެވަޑައިގެންފައިވާ ކަމަށެވެ
އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާޑުވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ދުވެލި ހުރި ގޮތާއި އަދި އެ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ކޯޅުންތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުގެ ތެރޭގައިވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ މީހުން ތިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އިލްމުވެރިން ނާއި، ތަރައްގީ އަށް ލޯބިކުރާ އެންމެންވެސް މިފަހަރު ވޯޓު ދޭނީ ރައީސް ޔާމީންއަށްކަމަށް އާދަމް ޝަރީފްވަނީ ވިދާޅުވެފައެވެ