English Edition
Dhivehi Edition

ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޭސްބުކްގައި ހިންގި ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޑިސެމްބަރ މަހުގެ ހިލޭ ޢުމްރާ ދަތުރު ލިބޭ ފަރާތް ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ، ޅ. ހިންނަވަރު، އާވެހި، އިސްމާޢީލް ޖިނާޙުއެވެ. ހިލޭ ޢުމްރާ ދަތުރު ހަމަޖެހިފައިވާކަމުގެ ލިޔުން ގުރުއަތުން ހޮވުނު ފަރާތާއި ޙަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ލަޠީފްއެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ އެކުންފުނީގެ ފޭސްބުކް ޕޭޖަށް މެސެޖްކުރުމަށް ހުޅުވާލެވުނު މުއްދަތުގައި، މެސެޖްކޮށްފައިވާ ފަރާތްތައް ހިމަނައިގެން ބާއްވާ ގުރުއަތުލުމަކުން ހޮވޭ ފަރާތަކަށް ހިލޭ ޢުމްރާ ދަތުރެއް ލިބޭ ގޮތަށެވެ.

ޓްރެވްގެ މި ޕްރޮމޯޝަންގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ރޭޑިއޯ އެޓޯލްގެ ލައިވް ޕްރޮގްރާމް “އިބޭ ޝޯވ”ގެ ތެރެއިންނެވެ. މި ގުރުއަތުލުން ފޭސްބުކްގައި ލައިވްކުރެވިފައިވާކަމަށް ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި ޕްރޮމޯޝަންގައި ގިނަ ޢަދަދަކަށް މީހުން ބައިވެރިވެފައިވާކަން ވެސް ކުންފުނީގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ޕްރޮމޯޝަންތަކާއި، އެކުންފުންޏާއި ގުޅިގެން ޢުމްރާއަށް ދިއުމަށް އެދޭ ފަރާތްތަކަށް ޑިސްކައުންޓް ރޭޓްތަކެއް ލިބޭނޭ ލުއި ގޮތްތަކެއް އިންތިޒާމްކޮށްފައިވާކަމަށް ވެސް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ޚިދުމަތްދިނުމުގައި ކުންފުނީގެ ފަރާތުން ވީހާވެސް ބޮޑަށް ޢުމްރާވެރިންގެ ބޭނުންތަކަށް ރިޢާޔަތްކުރުމާއެކު ކަންކަން ރާވަމުންދާކަމަށް ވެސް ލަޠީފް ވަނީ ވިދާޅުވެފައެވެ.

ޓްރެވް ޙައްޖު އެންޑް ޢުމްރާގެ އަންނަ ޑިސެމްބަރާއި މާރިޗް މަހުގެ ޢުމްރާ ދަތުރުތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަން ނޯޓްކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހި މިހާރު ކުރިއަށްދާކަމަށް ވެސް ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެއެވެ. ޓްރެވް ގެ ޢުމްރާ ދަތުރުތަކާއި ގުޅޭ އިތުރު މަޢުލޫމާތު، ކުންފުނީގެ 7936779 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.