English Edition
Dhivehi Edition

ޓްރެވްހައްޖު އެންޑް އުމްރާގެ ފަރާތުން ހުށަހެޅި ހިލޭ އުމްރާދަތުރު ލިބެފަރާތް ހޮވައިފި އެވެ.

އަންނަޑިސެމްބަރ މަހު އޮތް ހިލޭ އުމްރާ ދަތުރަށް ފުރުސަތު ހުޅުވާލީ ކުންފުނީގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ބައިވެރި ވެވޭގޮތަށް މިދިޔަ ރަމަޟާންމަހުގެ ކުރިންނެވެ.

ޓްރެވް ހައްޖު އެންޑް އުމްރާގެ ފަރާތުން ބުނިގޮތުގައި ގުރުއަތުނެގުން ކުރިއަށް ގެންދިޔައީ ރޭޑިއޯ އެޓޯލްގެ ލައިވް ޕްރޮގްރާމް ” އިބްރާހިމް ރަމީޒް އާއިއެކު” ގެ ތެރެއިން ފޭސްބުކް މެދުވެރިކޮށް ލައިވް ކޮށެވެ. މިފަހަރުގެ މި އުމްރާދަތުރަށް މެސެޖް ކޮށްގެން ޓްރެވް އިން ދޭ މިފުރުސަތު ލިބިފައި ވަނީ 7729171 އިސްމާއިލް ޖިނާހް އަށެވެ.

ޓްރެވް މޯލްޑިވްސް ގެ ފަރާތުން މައުލޫމާތު ދޭގޮތުގައި މިފަދަ އިތުރު ފުރުސަތުތައް ލިބޭފަދަ ޕްރޮމޯޝަންތައް މުސްތަގުބަލްގައި ވެސް ކުރިއަށް ގެންދެވޭނެއެވެ

“ޓްރެވް ހައްޖު އެންޑް އުމްރާ” އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭން މިއަހަރު އަލަށް ފަށާފައިވާ ކުންފުންޏެކެވެ.